ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މެނޭޖްމަންޓް އެންޑް އެންޓަރޕްރިނިއަރ ސްކިލްސް ޓެރެއިނިންގ ޕްރޮގްރާމާއި ގުޅޭ

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއާއި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް(އިފާޑް) އާއި ގުޅިގެން ހިންގާމޯލްޑިވްސް އެގްރިބިޒްނަސްޕްރޮގްރާމް (މެޕް) ޕްރޮޖެކްޓްގެ ދަށުން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާއި (އެމް.އައި.ޓީ) އާއި ގުޅިގެން ދަނޑުވެރިންނަށާއި ވިޔަފާރިވެރިންނަށް އަމާޒްކޮށްގެންބިޒްނަސް މެނޭޖްމަންޓް އެންޑް އެންޓަރޕްރިނިއަރ ސްކިލްސް ޓެރެއިނިންގ ޕްރޮގްރާމެއް 5 ދުވަހުގެ މުއްދަތަކަށް މެއި މަހުގެ ދެވަނަ ހަފްތާއިން ފެށިގެން 12 ރަށެއްގައި ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

                     މިޓްރެއިނިންގ ހިންގުމަށް ހަމޖެހިފައިވަނީ ދަނޑުވެރިކަންކުރުމަށް ޝަޢުޤުވެރިކަން ހުންނަ އަމިއްލަ ފާރާތްތަކާއި، ކުދިއަދި މެދުފަންތީގެ ވިޔަފާރިވެރިންނަށާއި، އައި.އެފް.އެފް މެންބަރުން، އެންޖީއޯ އަދި ކޯޕަރޭޓިވްސްތަކަށް ބައިވެރިވެވޭގޮތަށް ހުޅުވައިލެވިގެންނެވެ.  މި ޓްރެއިންނިންގ ޕްރޮގަރާމްގެ މައިގަނޑު މަގުސަދަކީ ވިޔަފާރިކުރުމަށް ޝައުޤުވެރިވާފަރާތްތަކަށް ވިޔަފާރިއެއް ފަށާނެގޮތާއި، އެވިޔަފާރިއަށްހުރިގޮންޖެހުންތައް ދެނެގަންނާނެގޮތް، ވިޔަފާރިއެއް ފެށުމަށް ކުރާހޭދައިން މަންފާ ހޯދާނެގޮތް އަދި އަގުތައްހަދާ މާކެޓްކުރެވޭނެގޮތްތައް ކިޔާދިނުމެވެ. މީގެ އިތުރުން ކުރިއަށް އޮތްތަނުގައި ހިލޭއެހީގެ ގޮތުގައި ހުޅުވާލެވޭ މެޗިން ގްރާންޓްގެ މައުލޫމާތުވެސް މި ޓްރެއިނިންގ ޕްރޮގަރާމްގައި ހިއްސާކުރެވިގެންދާނެއެވެ.

                     ވީމާ، މިޓެރެއިނިންގ ޕްރޮގަރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފާރާތްތަކުން މިއަދު 5 މެއި 2024 ވަނަދުވަހުގެ 13:00 ގެ ކުރިން މިކައުންސިލުގައި ނަންނޯޓްކުރެއްވުންއެދެމެވެ. ނަންނޯޓްކުރެއްވުމަށް ގުޅުއްވާނީ މިކައުންސިލްގެ ފޯނު: 6520034 ނަންބަރަށެވެ. ނުވަތަ މިކައުންސިލްގެ ވައިބަރު ނަންބަރު: 7510034 އަށް ބައިވެރިވާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު ފޮނުއްވައިގެންނެވެ.

05 މޭ 2024
ހޯދާ