ދިވެހިރާއްޖެ
ދ.ކުޑަހުވަދޫ ޕްރީސްކޫލް ހިންގުމަށް ޝަޢުގުވެރިވާފަރަތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
މި އިދާރާގެ އިޢުލާން ނަންބަރ:A-381/IUL/2021/06 އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީވެ އެ ޢިއުލާން ބާޠިލް ކުރުމަށްފަހު ދ.ކުޑަހުވަދޫ ޕްރީސްކޫލު 05 އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. އަދި ކައުންސިލުން ބަލައިގަންނަ ފެންވަރަށް ޕްރީސްކޫލުގެ ޚިދުމަތް ފޯރުކޮށްދޭނަމަ 05 އަހަރުދުވަހުގެ މުއްދަތު އިތުރުކޮށްދެވޭނެއެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ޕްރޮޕޯސަލް ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މި މަސައްކަތާއިގުޅޭގޮތުން އެއްވެސް ކަމެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، 2024 މޭ 09 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ މެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 13 މޭ 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާ އިދާރާގެ ޖަލްސާކުރާ މާލަމުގައި، ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ފަރާތްތަކުގެ ހާޒިރުގައެވެ. ޕްރޮޕޯސަލްތައް ހުންނަންވާނީ ޕްރޮޕޯސަލް ފޮތުގައިވާ މައުލޫމާތާއި އެއްގޮތަށެވެ. ޕްރޮޕާސަލް ފޮތް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެ އެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާނީ ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާ އަށް ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަމާއި ތާރީޚް އަދި އިޢުލާން ނަމްބަރު ލިޔެވިފައި އޮންނަން ވާނެއެވެ.