ދިވެހިރާއްޖެ
ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅީފަޅަށް ބަދަލުވުމަށް މި މިނިސްޓްރީން ހުޅުވާލި ފުރަތަމަ ފުރުޞަތުގެ ދަށުން، އެކަމަށް އެދި ހުށަހެޅުއްވި ފަރާތްތަކުގެ އަދަދަށް ރިއާޔަތްކޮށް، 2450 އަދި 2050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހަޅުއްވާފައިވަނީ ގުޅީފަޅަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދު އަދަދެއްކަމަށްވާތީއާއި، ގުޅީފަޅަށް ބަދަލުވުމަށް ހުށަހަޅުއްވާފައިވާ ރިކުއެސްޓްތަކަށް ބަލައި ގޯތި އިތުރުކޮށް، ލޭންޑް ޔޫސް ޕްލޭނަށް ވަނީ ބަދަލުގެނެވިފައެވެ.
މިބަދަލާއި ގުޅިގެން ތިރީގައިމިވާ ތާވަލުގައި ބަޔާންކޮށްފައިވާ އަދަދަށް ގޯތި ބަދަލުކުރުމުގެ ފުރުސަތު އޮތުމާއެކު، ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅީފަޅަށް ގޯތި ބަދަލުކުރުމުގެ އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ހުޅުވާލަމެވެ.
މި މިނިސްޓްރީގެ ނަންބަރު (IUL) 471-DNPS2/471/2024/37، އިއުލާނާއި ގުޅިގެން ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހަޅުއްވާފައިވާ ފަރާތްތަކުން އިތުރަށް ހުށަހަޅުއްވަން ނުޖެހޭނެކަމުގައި ދަންނަވަމެވެ.
ގޯތީގެ ބޮޑުމިން |
ކުރިން އިއުލާން ކުރެވުނު އަދަދު |
މިހާރު އިއުލާން ކުރެވޭ ޖުމްލަ އަދަދު |
1250 އަކަފޫޓު |
193 |
196 |
1650 އަކަފޫޓު |
663 |
683 |
ވީމާ، މި މިނިސްޓްރީން ކުރިންވެސް އިއުލާނުކޮށްފައިވާ ފަދައިން ގުޅީފަޅަށް ބަދަލުވާން ބޭނުންވާ ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުން ތިރީގައިވާ ހިޔާވަހި ޕޯޓަލް (ބިންވެރިޔާ ސްކީމް>ރިކުއެސްޓް ކުރެއްވުމަށް) މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް5 މެއި 2024 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން 13 މެއި 2024 ވާ ހޯމަ ދުވަހުގެރޭ 23:00 ގެ ކުރިން ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިގޮތުން ޕޯޓަލް މެދުވެރިކޮށް ރިކުއެސްޓް ހުށަހަޅުއްވާއިރު ގޯތި ލިބިފައިވާ ފަރާތްތަކުން ފުރިހަމަކުއްވަންޖެހޭ (ބައިތަކުގެ ތެރޭގައި ހިމެނޭ ބައިވެރިންގެ އިޤްރާރު) އިޤްރާރު ފުރިހަމަކޮށް ހުށަހެޅުއްވުމަށް ސަމާލުކަންދެއްވުމަށް ދަންނަވަމެވެ. މި އިޤްރާރުގެ ނަމޫނާ (ސޮފްޓް ކޮޕީ އަދި ޕީ.ޑީ.އެފް) ފައިލް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ. އަދި ދެންނެވިފައިވާ އަދަދަށްވުރެ ގުޅީފަޅަށް ބަދަލުވާން ހުށަހަޅުއްވާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅީފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުންކަމާއި، މި ގުރުއަތު ނެގުން އޮންނާނެ ތާރީޚެއް މި މިނިސްޓްރީން އާންމުކޮށް އިޢުލާނެކުރާނެ ވާހަކަ ދަންނަވަމެވެ.
ހިޔާވަހި ޕޯޓަލް ލިންކް:
https://hiyaavehi.housing.gov.mv/
އިތުރު މައުލޫމާތު ސާފުކުރުމަށް:
އީމެއިލް: [email protected]
ގުޅޭނެ ނަންބަރ: 3020810,3020809,3020812