ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒަށް، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

މަސައްކަތު (ދާއިމީ)

ބޭނުންވާ އަދަދު:

1 (އެކެއް)

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް 1

މަޤާމް ނަންބަރު:

120420

ރޭންކް:

އެސް.އެސް.1

މަޤާމު އޮތް އޮފީސް:

ހއ. އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އިދާރީ

މަސައްކަތްކުރަން ހަމަޖެހިފައިވާ ތަނާއި ރަށް:

ހއ. އަތޮޅު ތަޢުލީމީ މަރުކަޒު، ހއ. ދިއްދޫ

މުސާރައާއި އެލަވަންސް:

މުސާރަ: -/3100 ރުފިޔާ   ސަރވިސް އެލަވަންސް: -/1000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ ޝަރުޠު:

- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ކަނޑައެޅިފައިވާ ގަޑީގައި ޑިއުޓީކުރުން.
  • ހަވާލުކުރެވިފައިވާ ކުލާސްތަކުގެ ތަޅުންގަނޑާއި ޑެސްކުތައް ފޮޅައި ސާފުކޮށް ފާރުގައާއި ޑެސްކުގައި ނުވަތަ ބޯޑުގައި ކުރަހާފައިވާނަމަ، ކުރަހާފައިވާ ތަކެތި ސާފުކުރުމާއި، ތަށިމުށި ޖަހާފައިވާ ކްލާހެއް ސާފުކުރާނަމަ، ދުވާލަކު އެއްފަހަރު މޮޕްއަޅައި ސާފުކުރުން.
  • ގޯތިތެރެއާއި މަގުމަތީން ހަވާލުކުރެވިފައިވާ ސަރަހައްދުގެ ކުނިނަގައި، ވިނަނޮޅައި، ސާފުކޮށް ބެލެހެއްޓުން.
  • ސްކޫލުގެ އޮފީސް، ސްޓާފްރޫމު، އެކަޑަމިކް ސެކްޝަން، ކޮމްޕިއުޓަރ ލެބް، ލައިބްރަރީ، ފާޚާނާފަދަ ތަންތަނުގެ ތެރެއިން ހަވާލުކުރެވިފައިވާ ތަންތަނާއި، އެތަންތާނގެ އެތެރޭގައި ހިމެނޭ އެންމެހައި ތަކެތި ހިރަފުސްފޮޅައި ސާފުކުރުން.
  • ގޯތިތެރެއަށް ފެންޖަހައި ގަސްތަކަށް ފެންދިނުން.
  • ޑިއުޓީގައި އޮފީހާއި ސްޓާފްރޫމުގައި ބޯފެން އަޅާފައި ބެހެއްޓުން.
  • ކުނި އުކާލާއިރު އެއްވެސް ލިޔެކިޔުމެއް އުކާލައިގެން ނުވާނެއެވެ. އެފަދަ ތަކެތި ނައްތާލަންވާނީ އަންދައިގެންނެވެ.
  • ޑިއުޓީގައި ސްޕަވައިޒަރުން އަންގަވާ ކަންތައް ކުރުން
  • ރަސްމީ ގަޑިތައް ފިޔަވައި ސްކޫލުގައި ހިންގާ އެހެނިހެން ކަންކަމުގައި އަނގައިފިނަމަ ކަނޑައެޅިފައިވާ ގަޑިތަކަށް ހާޒިރުވުން.
  • ތަނުގައި ހުންނަ ވަސީލަތްތަކާއި ތަކެތި ހެޔޮގޮތުގައި ބޭނުންކުރުމާއި، އެތަކެއްޗަށް ގެއްލުމެއްނުދީ ބެލެހެއްޓުން.
  • ރަސްމީގަޑީގައި މަސައްކަތް ނިންމުމަށް ވީހާވެސް ބޮޑަށް މަސައްކަތްކުރުމާއި، ހަވާލުކުރެވިފައިވާ މަސައްކަތް ރަސްމީގަޑީގައި ކޮށްގެން ނުނިމޭ މަސައްކަތާބެހޭ މައުލޫމާތު އޮފީހަށް ދިނުން.
  • ހޯލް އެތުރުމަކީ ސަޕޯޓް ސްޓާފުން ކުރަންޖެހޭ ކަމަކަށްވާތީ، ހޯލް އެތުރުމުގައި ޢަމަލީގޮތުން ބައިވެރިވެގެން މަސައްކަތްކުރުން.
  • މަސައްކަތު މުވައްޒަފެއް ސަލާމުގައި ހުންނަ ދުވަހެއްނަމަ، އޭނާ ކުރަންޖެހޭ މަސައްކަތްތައް ކަނޑައެޅިފައިވާ އުޞޫލުން ކުރުން.
  • ސްކޫލުގެ މަސައްކަތަށް ނުކުންނަންޖެހޭ ދުވަސްތަކުގައި ސްކޫލު ފިޔަވައި އެހެންތަނަކުން އިންތިޒާމްކުރާ ހަރަކާތެއްގައި ބައިވެރިވެގެން ޙަރަކާތްތެރިވާން ތިޔަ މުވައްޒަފަށް އެންގިއްޖެނަމަ، އެފަރާތަކުން ސްކޫލަށް އެކަން ރަސްމީގޮތުން ދަންނަވައި ހުއްދަ ހޯދުމުން ނޫނީ އެފަދަ ހަރަކާތްތަކުގައި ބައިވެރިނުވުން.
  • އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތެއްގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.      

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި، މަސައްކަތުގެ އަޚުލާޤު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި ސިފަތައް، އިންޓަވިޢު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.

އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ:

ފޯން:   6500014

ފެކްސް: 6500560

މެއިލް އެޑްރެސް: [email protected]

ސުންގަޑި:

ޝަރުޠު ހަމަވާ ފަރާތްތަކުން  2015 މެއި 5 ވާ އަންގާރަ ދުވަހުގެ 3:00 ގެ  ކުރިން، ތިރީގައި ބަޔާންކުރެވިފައިވާ ތަކެތި، މި މަރުކަޒަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި މަރުކަޒުންވެސް ފޯމު  ލިބެން ހުންނާނެއެވެ.)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  • (ސެޓުފިކެޓުތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަވަންވާނެއެވެ.)
  • މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ސާފު ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަސައްކަތު ތަޖުރިބާ ދެނަގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (ލިޔުމުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

އިންޓަވިއު: މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ވަގުތު، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އިންޓަރވިއު އޮންނާނީ، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ، ޝޯރޓް ލިސްޓް ކުރުމަށްފަހު، ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައެވެ.

7 ރަޖަބު 1436

26 އޭޕްރިލް 2015
ހޯދާ