މަޤާމް
|
މަސައްކަތު
|
ބޭނުންވާ ޢަދަދު
|
1 (އެކެއް)
|
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގުރޭޑް 1
|
ރޭންކް: SS1
|
މުސާރަ
|
މަހަކު -/3100 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1000 ރުފިޔާ
|
ޑިވިޜަން/ ސެކްޝަން
|
-
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ނ. ހެނބަދޫ ޞިއްޙީ މަރުކަޒު
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މަރުކަޒުގެ ބޭނުންތަކުގައި އެކިއެކި ތަންތަނަށް ފޮނުވަންޖެހޭ ސިޓީ، މެސެޖް، ޕާރުސަލްފަދަ ތަކެތި އަމާނާތްތެރިކަމާއެކު، އޮފީހުން އަންގަވާ ތަންތަނަށް ގެންގޮސް ހަވާލުކުރުން.
- މަރުކަޒުގެ ގޯތިތެރެއާއި ވަށައިގެންވާ ސަރަހައްދު ކުނިކަހައި، ވިނަނޮޅައި، ސާފުކޮށް ބެލެހެއްޓުން.
- މަރުކަޒުގެ ގޯތިތެރެ ފެހިކޮށް ބޭއްވުމަށްޓަކައި ގަސް ހައްދައި، ގަސްތަކަށް ފެންދީ، ގަސްކޮށައި ބެލެހެއްޓުމާއި، މަރުކަޒުގެ ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމަށް މަސައްކަތްކުރުން.
- އިދާރީ މުވައްޒަފުން މަސައްކަތްކުރާ ބައިގެ ޑަސްބިންތައް ބަލައި، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ނައްތައިލުން.
- މަރުކަޒުގެ އެތެރޭގައި ހުރި ބޮކިތަކާއި ފަންކާ ހޮޅިބުރި ގަޑިފަދަ ތަކެތި ބަލައި، އެއްވެސް މައްސަލައެއް ދިމާވެފަވާނަމަ، އެކަމެއް ޙައްލުކުރުން. އަދި ޙައްލުނުކުރެވޭފަދަ ކަމެއް ދިމާވެއްޖެނަމަ، އެކަމެއް އިދާރީ މުވައްޒަފަކަށް ރިޕޯޓްކުރުން.
- މަރުކަޒުގައި ހިފާގެންގުޅޭ ތަކެތި (ތަފާތު މަސައްކަތްތައް ކުރުމަށް ބޭނުންކުރާ ސާމާނު) ދަބަރު ޖެހިޔަނުދީ ސާފުކޮށް ބެލެހެއްޓުން.
- މަރުކަޒަށް ގެނެވޭ ނުވަތަ މަރުކަޒުގެ ބޭނުންތަކަށް ހޯދާ މުދާފަދަ ތަކެތި ފިހާރަތަކުން ނުވަތަ ބޯޓުކައިރިން މަރުކަޒަށް ގެނައުމާއި، އިދާރީ މުވައްޒަފުގެ ލަފާގެމަތިން މަރުކަޒުގެ ގުދަނުގައިވާ ހަރުތަކުގައި ޖެއްސުން.
- މަރުކަޒުގެ އެއްވެސް ޑިޕާޓްމަންޓަކުން އެއްތަނުން އަނެއްތަނަށް އެއްޗެއް ގެންގޮސް ގެނައުމަށް ހަވާލުކޮށްފިނަމަ، ވީ އެންމެ ރަނގަޅަކަށް އެކަން ކޮށް ނިންމައިދިނުން.
- ޞިއްޙީ މަރުކަޒުން އިންތިޒާމްކުރާ ޖަލްސާތަކާއި، ބައްދަލުވުންތަކާއި، އެކިއެކި ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކުރުމުގެގޮތުން ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުންދިނުން.
- ސާފު ބޯފެން ނެގުމަށް މަރުކަޒުގައި ބޭނުންކުރާ ކަޅުހަންތައް ސާފުކުރުމުގެ މަސައްކަތް ކުރުމާއި، ފުރާޅު ސާފުކޮށް ފެންނެގުން.
- މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތްތަކާއި، އެކިއެކި އިޖުތިމާޢީ ހަރަކާތްތަކުގައި ބައިވެރިވެ މަސައްކަތްކުރުން.
- މީގެ އިތުރުންވެސް، ރަސްމީ މަސައްކަތާ ގުޅިގެން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
|
ތަޢުލީމާއި ތަޖުރިބާ
|
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
|
ޢިނާޔަތްތައް
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ރިސްކް އެލަވަންސްގެގޮތުގައި ހާޒިރުވާ ކޮންމެ ދުވަހަކަށް -/25 ރުފިޔާ
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، ހެނބަދޫ ޞިއްޙީމަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފުކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
ސުންގަޑި
|
2015 މޭ 7 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، ނ. ހެނބަދޫ ޞިއްޙީ މަރުކަޒަށް ހުށަހެޅުން އެދެމެވެ.
|
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:
|
2015 މެއިމަހުގެ ތެރޭގައި ނ. ހެނބަދޫ ޞިއްޙީ މަރުކަޒުގައެވެ.
ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރަން ގުޅާނީ، ރަސްމީގަޑީގައި ނ. އަތޮ ޅުހޮސްޕިޓަލުގެ 6560036 ނަންބަރު ފޯނާއެވެ. ނ. ހެނބަދޫ ޞިއްޙީ މަރުކަޒަށްނަމަ 9663646 ނަންބަރު ފޯނަށެވެ.
|
8 ރަޖަބު 1436 |