މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮލީ ކޯޓު ފެންސް އަދި ޓާރފު އެޅުމުގެ މަސައްކަތް

އިޢުލާން

 

ވޮލީ ކޯޓު ފެންސް އަދި ޓާރފު އެޅުމުގެ މަސައްކަތް

 

        މިއިދާރާގެ ނަންބަރު (IUL)298/298/2024/17 (ވޮލީ ކޯޓު ފެންސް އަދި ރޮސްޓްރަމުގެ މަސައްކަތް)    އިޢުލާން ބާތިލްކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

މި ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، ވޮލީ ކޯޓު ފެންސް އަދި ޓާރފު އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން ބިޑް ރަޖިސްޓްރީ ކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

މައުލޫމާތު ސެޝަން:

07 މެއި 2024  11:00 )އަލިފުށީ ކައުންސިލްގެ އިދާރާގައި (

ބިޑް ރަޖިސްޓްރީ ކުރުން:

15 މެއި 2024 14:00  ކުރިން

ބިޑް ރަޖިސްޓްރީ ލިންކު:

https://forms.office.com/r/ihUqT4u3nx

އަންދާސީ ހިސާބު ހުށަހެޅުން:

16 މެއި 2024  11:00 އަލިފުށީ ކައުންސިލްގެ އިދާރާގައި

 

އަދި މިމައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ 15 މެއި 2024  14:00ގެ ކުރިން އީމެއިލް ( [email protected] )  އަށް ލިޔުންތައް ފޮނުއްވައި މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެމިކަން އާންމުކޮށް އަންގާ އިއުލާންކުރަމެވެ.

02 މޭ 2024
ހޯދާ