މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މެޑިކަލް އޮފިސަރ

އިޢުލާން

މި  ސަރވިސްއަށް، ތިރީގައިމިވާ މަގާމަށް ދިވެހި މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް

މެޑިކަލް އޮފިސަރ   

ރޭންކް

އެމް.އެސް 4

ކްލެސިފިކޭޝަން

ޑިރެކްޓަރ

މުސާރަ

15,090 ރުފިޔާ

ސަރވިސް އެލަވަންސް

3,500 ރުފިޔާ

ނޮން ޕްރެލްޓިސް

5,281/50 ރުފިޔާ

ފުޑް އެލަވަންސް

-/1,800 ރުފިޔާ

އެކޮމޮޑޭޝަން

-/2,500 ރުފިޔާ

ބޭނުންވާ އަދަދު

2 (ދޭއް)

ވަޒީފާ އަދާކުރަންޖެހޭ ތަން

މާލެ ޖަލު، މާފުށި ޖަލު، އައްސޭރި ޖަލު.

މަޤާމުގެ ޝަރުތު

1. އެމް.ބީ.ބީ.އެސް ޑިގްރީ  ހާސިލްކޮށް، ޑިގްރީ ސެޓްފިކެޓް، މޯލްޑިވްސް މެޑިކަލް ކައުންސިލުން ގަބޫލުކޮށްފައިވުން.

2. 1 އަހަރު ދުވަހުގެ އިންޓާންޝިޕް ލިބިފައިވުން.

3. 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު

1- ޖަލުތަކުގައި ތިބޭ ގައިދީން ހަފުތާއަކު 3 ދުވަހު (އޯ.ޕީ.ޑީގައި) ބެލުން.

2- ކޮންމެ ހަފުތާއަކު ޖަލުތަކަށް ޒިޔާރަތްކޮށް، ބަލިމީހުން ބެލުން (ހަފުތާއަކު މަދުވެގެން 1 ފަހަރު)

3- ރަސްމީ ޑިއުޓީގަޑީގެ އިތުރުން، އިމަޖެންސީ ޙާލަތެއް މެދުވެރިވެއްޖެނަމަ އެޓެންޑްވުން.

4- ބަންދުގައި ތިބޭ ޤައިދީންގެ ތެރެއިން ޚާއްޞަ ބަލިތަކަށް ފަރުވާ ހޯދުމުންދާ ޤައިދީންގެ މަންތްލީ މެޑިކޭޝަން މޮނިޓަރ ކުރުމާއި، ފޮލޯއަޕްސް މޮނިޓަރކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް

- ތަޢުލީމާއި ތަމްރީން.

- ތަޖުރިބާ.

އިންޓަރވިއު

- މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 15 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ސުންގަޑި: މި މަޤާމްތަކަށް އެދޭ ފަރާތްތަކުން 2015 މޭ 6 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހެޅުން އެދެމެވެ. (ޣާޒީ ބިލްޑިންގ / ގްރައުންޑް ފުލޯ)

އިތުރު މަޢުލޫމާތު: މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސަރވިސްގެ 3328443 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ސަރވިސްގެ www.prisons.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)

- ވަޒީފާއަށް އެދޭ ސިޓީ ( ބިދޭސީއެއްނަމަ)

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

- ޕާސްޕޯޓުގެ ކޮޕީއާއި، ޕާސްޕޯޓް ސައިޒް ފޮޓޯ (ބިދޭސީއެއްނަމަ)

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 

- ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުން.

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުން.

ނޯޓް: އެޕްލިކޭޝަނާއެކު ހުށައަޅާ ލިޔުންތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންޖެހޭނެއެވެ.

4 ރަޖަބު  1436

23 އޭޕްރިލް 2015
ހޯދާ