ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ހދ.ނޮޅިވަރަންފަރު ކުޅިވަރު އެރީނާގެ ވަށާފާރު ރޭނުމުގެ ބި.އޯ.ކިއު ހެދުމަށް ބޭނުންވެއްޖެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރެޖިސްޓްރީ ކުރުމަށްފަހު ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ
އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމާ، ރަޖިސްޓްރީކުރުމުގެ ސުންގަޑ 8 މެއި 2024 (ބުދަ) 10:00 އަށް
ބީލަމުގައި ރެޖިސްޓްރީ ކުރުމުގެ ލިންކް: https://forms.office.com/r/4FSSS7NHZn
ޕްރީ ބިޑް މީޓިން 7 މެއި 2024 (އަންގާރަ) 10:00 އަށް ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމްގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން: 13 މެއި 2024 (ހޯމަ) 10:00 އަށް
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހެއް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މިމައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފްކުރުމަށް ބޭނުންވާނަމަ 08 މެއި 2024، 10:00 ގެ ކުރިން ތިރީގައިވާ އީމެއިލް އަށް އަދި މިއިދާރާގެ ނަމްބަރ 6250054 އަށް ގުޅުއްވާ ލިޔުންތައް ފޮނުއްވައި މައުލޫމާތު ސާފްކުރެއްވުން އެދެމެވެ.
އީމެއިލް އެޑްރެސް: [email protected]
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.