މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދި ޕްލޭ ސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ

2024/2023  ވަނަ އަހަރުގެ ނާސަރީ އަދި ބޭބީ ނާސަރީ އަށް ދަރިވަރުން ސްކޫލަށް ވެއްދުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ މިކުލާސްތަކަށް އަލަށް ދަރިވަރުން ވެއްދުމަށް ބޭނުންވާ ފަރާތްތަކުން 16 މެއި 2024 ގެ 13:00 ގެ ކުރިން މިއިދާރާއަށް ރަޖިސްޓްރޭޝަން ފޯމް ހުށައެޅުމަށް ދަންނަވަމެވެ. ރަޖިސްޓްރޭޝަން ފޯމް، މިއިދާރާގެ ކައުންޓަރުންނާއި، ކެނދި ޕްލޭ ސްކޫލުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. ފޯމް ބަލައިގަންނާނީ ހަމައެކަނި ކެނދިކުޅުދޫ ކައުންސިލްގެ އިދާރާއަށް ކަމުގައި ދަންނަވަމެވެ. އަދި ފޯމާއެކު، ހުށައެޅުމަށް ދަންނަވާފައިވާ ލިޔުންތައް ހަމަކުރައްވާ ފޯމް ހުށައެޅުމަށް ސަމާލުކަންދިނުމަށް ދަންނަވަމެވެ.

ފީދެއްކުމާއި ގުޅޭ މަޢުލޫމާތު، ފޮތްލިސްޓް އަދި ދަރިވަރުންގެ ޔުނީފޯމާއި ގުޅޭ މަޢުލޫމާތު، ކިޔެވުން ފެށުމުގެ ކުރިން ބެލެނިވެރިންނާއި ޙިއްސާކޮށް އޮޅުންފިލުވައިދެވޭނެކަމުގައި ދަންނަވަމެވެ. މިކަމާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ކެނދި ޕްލޭ ސްކޫލްގެ ފޯކަލް ޕޮއިންޓް، އ.ތ.މ ކޮމިޓީގެ ނައިބުރައީސް، ނަޛްފާ މުޙައްމަދު ސަޢީދު (9661385) އަށް ގުޅުއްވުމަށް ދަންނަވަމެވެ.

ގްރޭޑް

ޢުމުރުފުރާ

ބޭބީ ނާސަރީ

2023 ޑިސެންބަރު 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރުން

ނާސަރީ

2023 ޑިސެންބަރު 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

23  ޝައްވާލު     1445

02    މެއި      2024  

02 މޭ 2024
ހޯދާ