ދިވެހިރާއްޖެ
`
ތ.އަތޮޅު ހޮސްޕިޓަލް
ތ.ވޭމަންޑޫ
ނަންބަރު:(IUL)TAH-A/TAH/2024/16
ވަޒީފާގެ ފުރުޞަތު އިންޓަރނަލީ ހުޅުވާލުން
|
|
މަޤާމު: |
ސީނިއަރ މެޑިކަލް ރިކޯޑްސް މެނޭޖްމަންޓް އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-396000 |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކު: |
ޕަބްލިކް ސާރވިސް ރޭންކް 7 ސެޓްޕް 1 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ތ.އަތޮޅު ހޮސްޕިޓަލް، ތ.ވޭމަންޑޫ |
މަޤާމުގެ އަސާސީ މުސާރަ: |
-/9585ރ |
މަޤާމުގެ އެލަވަންސް: |
-/4472ރ |
ހާޒިރީ އިނާޔަތް: |
މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/121ރ |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
|
މަޤާމުގެ ޝަރުޠުތައް: |
މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލް ކޮށްފައިވުން. |
މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ދާއިރާތައް: |
އެޕްލައިޑް މެތަމެޓިކްސް ކްލިނިކަލް ކޯޑިންގ ޑާޓާ ސައިންސް ޑިޖިޓަލް ހެލްތް ސިސްޓަމްސް ހެލްތް ޑޭޓާ ސައިންސް ހެލްތު އިންފޮމެޓިކްސް ހެލްތް އިންފޮމޭޝަން އެންޑް ރިސަރޗް ހެލްތް އިންފޮމޭޝަން މެނޭޖްމަންޓް ހެލްތް ރިސަރޗް ހެލްތް ސަރވިސަސް އެޑްމިނިސްޓްރޭޝަން ހެލްތް ސަރވިސަސް މެނޭޖްމަންޓް ހެލްތު ސްޓެޓިސްޓިކްސް ހޮސްޕިޓަލް އެޑްމިނިސްޓްރޭޝަން ހޮސްޕިޓަލް އިންފޮމޭޝަން މެނޭޖްމަންޓް ހޮސްޕިޓަލް މެނޭޖްމަންޓް އިންފޮމޭޓިކްސް އިންފޮމޭޝަން މެނޭޖްމަންޓް މެޑިކަލް ކޯޑިންގ މެޑިކަލް ރިކޯޑްސް މެނޭޖްމަންޓް މެޑިކަލް ސްޓެޓިސްޓިކްސް ނަރސިންގ އިންފޮރމެޓިކްސް ޕަބްލިކް ހެލްތު މެނޭޖްމަންޓް ސްޓެޓިސްޓިކްސް |
މަޤާމުގެ މަސައްކަތުގެ ދާއިރާތައް: |
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 9 މެއި 2024 ގެ 10:00 ގެ ކުރިން، ތ.އަތޮޅު ހޮސްޕިޓަލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6782776އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. "ދައުލަތުގެ ޕޭ ފްރޭމް ވާރކްގެ ޖޮބް މެޓްރިކްސްގެ ޕަބްލިކް ސާރވިސް ރޭންކް 7 އިން ދަށުގައިވާ ފަރާތްތައް ޑިގްރީ ހާސިލް ކުރުމުން ޕަބްލިކް ސާރވިސް ރޭންކް 7އަށް އައްޔަންކުރުމުގެ އުސޫލު 2023" އަދި އެ އުސޫލާއި ގުޅުން ހުރި އެންމެހާ ލިޔުންތައް ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓުން https://www.csc.gov.mv/Policy/Index/94 ލިބެން ހުންނާނެއެވެ. |
23 ޝައްވާލް 1445ހ
02 މެއި 2024މ