ތ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު އިންޓަރނަލީ ހުޅުވާލުން/ މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖިސްޓް

`

ތ.އަތޮޅު ހޮސްޕިޓަލް

ތ.ވޭމަންޑޫ

                ނަންބަރު: (IUL)TAH-A/TAH/2024/14

ވަޒީފާގެ ފުރުޞަތު އިންޓަރނަލީ ހުޅުވާލުން

 

މަޤާމު:

މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖިސްޓް

މަޤާމުގެ ނަންބަރު:

J-394852

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސާރވިސް ރޭންކް 7 ސެޓްޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތ.އަތޮޅު ހޮސްޕިޓަލް، ތ.ވޭމަންޑޫ

މަޤާމުގެ އަސާސީ މުސާރަ:

-/13141ރ

މަޤާމުގެ އެލަވަންސް:

-/6132ރ

ހާޒިރީ އިނާޔަތް:

މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/166ރ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޯ.ޕީ.ޑީ އާއި އައި.ޕީ.ޑީ އަށް އަންނަ ބަލިމީހުންގެ ސާމްޕަލްތަކާއި، އެހެން މުއައްސަސާތައް މެދުވެރިވެގެން އަންނަ ސާމްޕަލްތަކުގެ އައިޑެންޓިފިކޭޝަންތައް ޗެކްކުރުމަށްފަހު ބަލައިގަތުން.
  2. ކުރަންޖެހޭ ތަޚްލީލް ތަކުގައި ލަފާހޯދަންޖެހޭ ފަރާތްތަކާއި ގުޅައިގެން ލަފާހޯދާ، ބަލިމީހާއަށް އެންމެ ފުރިހަމައަށް ޚިދުމަތެއް ފޯރުކޮށްދީ ބަލިމީހާއަށް ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުން.
  1. ޑިއުޓީ ތަކުގައި ކުރަންޖެހޭ ޓެސްޓްތައް ސްޓޭންޑަރޑް ޕްރޮސިޖާރ އާއި އެއްގޮތަށް ޕްރޮސެސް ކުރުމާއި، ޓެސްޓްތައް ފުރިހަމަ ކުރުމާއިއެކު، ރިޕޯރޓްތައް ގަޑިއަށް ތައްޔާރުކުރުން.
  2. ޞިއްހީ އެމަރޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.
  1. ރެޖިސްޓްރީ ތަކުގައި ލިޔަންޖެހޭ ނަތީޖާތައް ރަނގަޅަށްލިޔެ ޗެކްކޮށް ފުރިހަމައަށް ބެލެހެއްޓުމާއި، ޓެސްޓް ނަތީޖާއާއި، ބެހޭގޮތުން އުފެދޭ ސުވާލުތަކަށް ޖަވާބުދިނުން.
  2. ލެބޯޓްރީގައި ކުރެވޭ ޓެސްޓްތަކުގެ ކޮލިޓީ ކޮންޓްރޯލް ޗެކްކުރުމާއި، ގަވައިދުން ރެކޯޑްތައް ބެލެހެއްޓުން.
  3. ޚާއްޞަ ލެބޯޓްރީ ޓެސްޓްތައް ކުރުމާއި، ކުރެވޭ ޓެސްޓްތައް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރުން.
  4. ލެބޯޓްރީގައި ކުރާ ޓެސްޓްތައް ކުރުމަށް ބޭނުންކުރެވޭ ކޮންސިއުމަބްލްސް، ރިއޭޖެންޓްސް އާއި ކެމިކަލްސްގެ ސްޓޮކް ބެލެހެއްޓުމާއިއެކު އެއްވެސް އެއްޗެއް ހުސްވުމުގެ ކުރިންނާއި، އެކްސްޕަޔާ ވުމުގެ ކުރިން ދުވަސް އޮއްވާ އިސްފަރާތަށް އެންގުން
  5. ލެބޯޓްރީގައި ބެހެއްޓިފައިވާ މެޝިންތަކާއި އިކްވިޕްމަންޓްތައް ޑެއިލީ މެއިންޓަނަންސް ހެއްދުމާއި، ހަފްތާއަކު އެއްފަހަރު ހަދަންޖެހޭ މެއިންޓަނަންސް ހެދުމާއި އޭގެ ރެކޯޑްތައް ބެލެހެއްޓުމާއި، މިއިން އެއްޗަކަށް ގެއްލުމެއް ވެފައިވާނަމަ އިސްފަރާތަކަށް އެންގުން.
  6. ލެބޯޓްރީއާއިމެދު ޚިދުމަތް ހޯދާ ފަރާތްތައް ނުވަތަ އެހެނިހެން ފަރާތް ތަކުން ކުރާ ޝަކުވާ ބަލާ ޙައްލުކުރެވޭނަމަ ޙައްލުކޮށް އެކަން އިސްފަރާތަކަށް އެންގުން.
  7. ލެޔާއި ހަށިގަނޑުގެ ތަފާތު ދިޔައިންނާއި، އެހެނިހެން ސާމްޕަލްތަކުން ފަސޭހަކަމާއިއެކު ބަލިޖެހިދާނެ މާހައުލެއްކަން ދަނެގެން ތިމާއާއި އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ ރައްކާތެރިކަމަށް ސަމާލުވެ ކަނޑައެޅިފައިވާ ޤަވާއިދެއްގެ މަތިން މަސައްކަތުގައި ހަރަކާތްތެރި ވުމާއިއެކު އެހެން މުވައްޒަފުން މިކަމުގައި ސްޕަވައިޒް ކުރުން.

މަޤާމުގެ ޝަރުޠުތައް:

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލް ގަބޫލު ކުރާ، ނާރސިންގ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލް ކޮށްފައިވުން. 

މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ދާއިރާތައް:

  • މެޑިކަލް ލެބޯޓްރީ ސާރވިސަސް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ބަޔޯމެޑިކަލް ސައެންސް  
  • ކްލިނިކަލް ލެބޯޓްރީ ސައެންސް  
  • ކްލިނިކަލް މައިކްރޯ ބަޔޮލޮޖީ  
  • ޑައިގްނޯސްޓިކް މައިކްރޯ ބަޔޮލޮޖީ  
  • މެޑިކްލް ލެބޯޓަރީ ސައެންސް  
  • މެޑިކްލް ލެބޯޓަރީ ޓެކްނޮލޮޖީ  
  • މެޑިކަލް ސައިންސް  
  • މެޑިކަލް ޓެކްނޮލޮޖީ  

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ލައިސަންސް އަދި ރެޖިސްޓްރޭޝަން ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 9 މެއި 2024 ގެ 10:00 ގެ ކުރިން، ތ.އަތޮޅު ހޮސްޕިޓަލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6782778 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

"ދައުލަތުގެ ޕޭ ފްރޭމް ވާރކްގެ ޖޮބް މެޓްރިކްސްގެ ޕަބްލިކް ސާރވިސް ރޭންކް 7 އިން ދަށުގައިވާ ފަރާތްތައް ޑިގްރީ ހާސިލް ކުރުމުން ޕަބްލިކް ސާރވިސް ރޭންކް 7އަށް އައްޔަންކުރުމުގެ އުސޫލު 2023" އަދި އެ އުސޫލާއި ގުޅުން ހުރި އެންމެހާ ލިޔުންތައް ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓުން https://www.csc.gov.mv/Policy/Index/94 ލިބެން ހުންނާނެއެވެ.

23 ޝައްވާލް 1445ހ

02 މެއި 2024މ

 

 

 

 

02 މޭ 2024
ހޯދާ