ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައިނަލް އަޤުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހަވީރުގައި އަމިއްލަ ފަރުދުންނަށް ކެންޓީން އަދި އެކިއެކި ވިޔަފާރި ކުރުމާއިގުޅޭ.

މި އަހަރުގެ ކުޑަކުދިނަގެ ދުވަސް 10 މޭ 2024 ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ގައްދޫ ކައުންސިލް އިން ބޭނުންވެއެވެ. އެހެންކަމުން މިއަހަރު މި ދުވަސް ފާހަގަ ކުރުމަށް ނިންމާފައި ވަނީ އަމިއްލަ ފަރާތްތަކައް ވެސް ބައިވެރި ވެވޭނެހެން ގައްދޫގެ ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.   

އަމިއްލަ ފަރާތްތަކުން އަމިއްލައަށް ޓެންޓް ޖަހައިގެން ކުޑަކުދިންނާއި ނޫނީ އެދުވަހާއި ގުޅުންހުރި ކޮންމެ އެއްޗެއްވެސް ވިއްކުމުގެ ފުރުސަތު ހުޅުވާލަމެވެ. ވިމާ މިކަމަށް ޝައުދުވެރިވާ ފަރާތްތަކުން 7 މޭ 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައި މިވާ އޮންލައިން ފޯމް މެދުވެރިކޮށް ނަންހުށަހަޅައި ދިނުން އެދެމެވެ.

ލިންކް: https://forms.gle/bFwJWFfa4BxoHQmDA

އިތުރު މަޢުލޫމާތު ހޯދެއްވުމަށް (7955909) މި ނަންބަރައް ކުޅާލަ ދެއްވުން އެދެމެވެ

        އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

02 މޭ 2024
ހޯދާ