ދިވެހިރާއްޖެ
މި ވުޒާރާގެ ނަންބަރު (IUL)13-E/13/2024/113 (18 އެޕްރީލް 2024) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.
މި ވުޒާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ގްރައުންޑް އަދި 3ވަނަ ފަންގިފިލާ ޑިޒައިންކޮށް ފަރުނީޗަރ ސަޕްލައިކޮށް އަދި އެލްމިނިއަމް ޕާރޓިޝަންޖެހުމަށް ބޭނުންވެގެން ދެވިފައިވާ މަޢުލޫމާތަށް ބަދަލު އައިސްފައިވާތީ އަންދާސީ ހިސާބު ހުށަހެޅުން ތިރީގައިވާ ތާރީޚަށް ބަދަލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހެޅުން: 12 މެއި 2024، 13:30
ވީމާ، މި މަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.