ދިވެހިރާއްޖެ
"މި މިނިސްޓްރީގެ ދަށުން ހިނގާ ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން އުކާލަންޖެހޭ ކުނި ތިލަފުށްޓަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: IUL)459-A/1/2015/6) އިޢުލާން ބާޠިލުކޮށް، މި މަރުކަޒުން އުކާލަންޖެހޭ ކުނި ތިލަފުށްޓަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރުން"
މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ކ. ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ނައްތާލަން ނުވަތަ އުކާލަންޖެހޭ ޞިއްޙީ ޚިދުމަތަށް ބޭނުންކުރާ އާލާތްތަކާއި، ނެޕީ، ދަޅާއި ފުޅި އަދިވެސް މިފަދަ އެހެނިހެން ކުނިބުނި ތިލަފުށްޓަށް ގެންގޮސްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި ނަންބަރު: IUL)459-A/1/2015/6) އިޢުލާން ބާޠިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 4 މޭ 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް (ވެލާނާގޭގެ 6 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 7 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް (ވެލާނާގޭގެ 6 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
9 ރަޖަބު 1436