ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/ESMSED/421/2024/20 |
ތާރީޚް |
23 ޝައްވާލުް 1445 |
|
02 މެއި 2024 |
ރަށްވެހިގެ ( ކުރީގެ ޕޮލިސް ސްޓޭޝަން ހުރި ގޯތި ) ސާފުކުރުން
މިރަށު ރަށްވެހިގެ ( ކުރީގެ ޕޮލިސް ސްޓޭޝަން ހިންގި ޢިމާރާތާއި ގޯތި ) ސާފުކޮށް ބަލަހައްޓާ ދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، ރަށްވެހިގެ ހުރި ގޯތި ސާފުކޮށް ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 12 މެއި 2024 ވާ އާދީއްތަަަ ދުވަހުގެ 14:00 ގެ ކުރިން އައިޑީކާޑުގެ ކޮޕީއަކާއެކު މިއިދާރާއަށް ސިޓީ ފޮނުވުން އެދެމެވެ.
ރަށްވެހިގެ ގޯތި ސާފުކޮށް ބެލެހެއްޓުން ހަވާލުކުރުމުގައި ތިރީގައިމިދަންނަވާ ކަންކަމަށް ބެލިގެންދާނެ ކަމުގައި ދަންނަވަމެވެ.
- ހުސްވާ ބިން ތަކާއި އަލަށް އިތުރުކުރާ ބިންތައް ހަވާލުކުރުމުގައި އަލަށް ކުރިމަތިލާ ފަރާތްތަކަށް އިސްކަން ދިނުން.
- މިހާރު އިޖުތިމާޢީ ބިންތައް ބަލަހައްޓާ ފަރާތެއް ކުރިމަތި ލައިފިނަމަ އެމީހާ ބަލަހައްޓަމުންގެންދާ ބިން/ބިންތައް ސާފުކޮށް ބެލެހެއްޓުމުގައި ފާއިތުވި ތަނުގައި ކަންހިގާފައިވާގޮތަށް ބެލުން
އަގު
ރަށްވެހިގެ އިމާރާތް ސާފުކޮށް ބެލެހެއްޓުމުގެ އަގަކީ މަހަކަށް 1500.00 ( ފަނަރަ ސަތޭކަ ) ރުފިޔާ އެވެ.
ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ހާޝިރު މުޙައްމަދު
ކައުންސިލްގެ ނާއިބް ރައީސް