ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބ. ހިތާދޫގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެއާ ގުޅޭ
މިކުންފުނީގެ ބ. ހިތާދޫ އިންޖީނުގެ މިހާރުހުރިތަން ނޫން އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށްޓަކައި، ކުންފުނިން ދޭ ކުރެހުމާއި، ބީއޯކިޔުއާ އެއްގޮތަށް އަމިއްލަ ތަކެތީގައި، އެމަސައްކަތް އެރަށުގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތާ ބެހޭ މަޢުލޫމާތު ހިމެނޭ ބިޑް ޑޮކިޔުމަންޓަކީ ވިއްކާ ގޮތަށް ހަމަޖެހިފައިވާ ޑޮކިޔުމެންޓެއް ކަމުގައި ދަންނަވަމެވެ.
- ބިޑް ޑޮކިއުމަންޓްގެ އަގު: -/1,000ރ (ނޮންރީފަންޑަބަލް)
- ބިޑް ޑޮކިއުމަންޓް ވިއްކާ މުއްދަތު: 2015 މޭ 03 ން 07 ގެ ނިޔަލަށް ރަސްމީ ގަޑީގައި 08:30 އިން 15:30 އަށް.
- ފައިސާ ބަލައިގަންނަ ތަން: 07 ވަނަ ފަންގިފިލާ، ޕޯޓް ކޮމްޕްލެކްސް. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް. ބިޑް ޑޮކިޔުމެންޓަށް ފައިސާ ދެއްކެވުމުން ހަމަ އެތާރީޚުގައި ބިޑް ޑޮކިޔުމެންޓްގެ ޕީ.ޑީ.އެފް ލިބިވަޑައިގަންނަވާނެއެވެ.
- މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބާއްވާ ޕްރީ-ބިޑް ސެޝަން އޮންނާނީ 2015 މޭ 10 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އޮފީހުގައެވެ. މިގަޑީގެ ފަހުން ދުރުވާ ފަރާތްތަކަށް ޕްރީ-ބިޑް ސެޝަންގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.
- މި ބިޑްގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑް ޑޮކިއުމަންޓް ގަންނަ ފަރާތްތައް އެކަނިކަމުގައި ދަންނަވަމެވެ.
- ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2015 މޭ 14 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އޮފީހުގެ ޖަލްސާކުރާ މާލަމުގައި މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
11 ރަޖަބު 1436
30 އޭޕްރިލް 2015
ހޯދާ