ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
5 ގަސް ބަނބުކެޔޮ ކުއްޔަށް ދޫކުރުމާ ގުޅޭ

5 ގަސް ބަނބުކެޔޮ ކުއްޔަށް ދޫކުރުމާ ގުޅޭ

ހދ.ނޮޅިވަރަންފަރު  އެލިއާ އަވަށު ކިލެގެފާނުމަގުގެ އުތުރުން، އެދުރުކަލޭފާނުމަގުގެ އިރުމަތީގައިވާ (A,B/50) ހުސްބިމުގައި ހުރި 05 ގަސް ބަނބުކެޔޮ މީލާދީ 1 އަހަރުދުވަހުގެ މުއްދަތަށް ކުރިއެކޭވެސް އެއްގޮތަށް (އެސަރަހައްދު ކޮންމެ ހަފްތާ އަކު 3 ދުވަހު ވިނަނޮޅާ ކުނިކާ ސާފުކުރުމަށް ޝަރުތުކޮށް) ކުއްޔަށް ދޫކުރުމަށް ކައުންސިލުންވަނީ ނިންމަފައެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ކުރުމަށްފަހު ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ

އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމާ، ރަޖިސްޓްރީކުރުމުގެ ސުންގަޑި: 30 އޭޕްރިލް 2024 (އަންގާރަ)6 މެއި 2024 (ހޯމަ) 10:00 އަށް

ބީލަމުގައި ރެޖިސްޓްރީ ކުރުމުގެ ލިންކް: https://forms.office.com/r/KLiYNrzc62  

އަންދާސީ ހިސާބު ހުށަހެޅުން: ‏12‏ މެއި‏ 2024‏ (އާދީއްތަ‏)   10:00  އަށް

އަދި މިމައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފްކުރުމަށް ބޭނުންވާނަމަ 05 މެއި 2024، 10:00 ގެ ކުރިން ތިރީގައިވާ އީމެއިލް އަށް ލިޔުންތައް ފޮނުއްވައި މައުލޫމާތު ސާފްކުރެއްވުން އެދެމެވެ.

އީމެއިލް އެޑްރެސް: [email protected]

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

30 އޭޕްރިލް 2024
ހޯދާ