އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ދ. ކުޑަހުވަދޫ ކައުންސިލް ރައީސް، މ. މުލައް އަދި ލ. ގަމު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން - ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކުރުން

(IUL)38-DC/38/2024/364 :ނަންބަރު

އިޢުލާން

ދ.ކުޑަހުވަދޫ ކައުންސިލް ރައީސް، މ.މުލައް އަދި ލ.ގަމު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށްބާއްވާ ބައި-އިލެކްޝަން

ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކުރުން

2024 ޖޫން 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދ.ކުޑަހުވަދޫ ކައުންސިލް ރައީސް، މ.މުލައް އަދި ލ.ގަމު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީތައް ޢާންމުކޮށްފީމެވެ. މި ރަޖިސްޓަރީތައް ދިވެހިސަރުކާރުގެ ގެޒެޓު (www.gazette.gov.mv) އާއި، ކޮމިޝަނުގެ ވެބްސައިޓުގައި (www.elections.gov.mv) ވަނީ ޢާންމު ކުރެވިފައެވެ.

މިލިސްޓަށް ޝަކުވާ ހުށަހަޅާނީ 2024 މޭ 01 އިން 2024 މޭ 12 ގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 15:00 އަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެއެވެ. ޝަކުވާ ހުށަހަޅާނީ ކޮމިޝަނުގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށް ފޮނުވައިގެންނެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

30 އޭޕްރިލް 2024
ހޯދާ