ދިވެހިރާއްޖެ
(IUL)38-AC/38/2024/362 :ނަންބަރު
އިޢުލާން
މ. މަޑުއްވަރީ ކައުންސިލްގެ ރައީސް، ހއ. އުތީމު، ނ. ލަންދޫ، ނ. ވެލިދޫ ކައުންސިލްގެ މެންބަރު އަދި ހއ. ތަކަންދޫ، ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން
ވޯޓުފޮށި ބަހައްޓާ ތަންތަން
މިކޮމިޝަނުގެ ނަންބަރު (IUL)38-AC/38/2024/246 ހަވާލާދީ ދަންނަވަމެވެ.
2024 މޭ 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މ. މަޑުއްވަރީ ކައުންސިލްގެ ރައީސް، ހއ. އުތީމު، ނ. ލަންދޫ، ނ. ވެލިދޫ ކައުންސިލްގެ މެންބަރު އަދި ހއ. ތަކަންދޫ، ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ބެހެއްޓުމަށް އިޢުލާންކުރި ވޯޓު ފޮށިތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ވޯޓު ފޮށިތައް ބަހައްޓާ ތަން އިޞްލާޙު ކުރެވިފައިވާތީ، މި ވޯޓުފޮށިތަކުގެ ކޯޑު، ވޯޓުފޮށިތަކުގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށިތައް ބަހައްޓާ ތަން ތިރީގައި މިދަންނަވަނީއެވެ.
ވޯޓުފޮށިބަހައްޓާ ރަށް/ތަން |
ވޯޓުލާސަރަޙައްދު |
ވޯޓުފޮށީގެނަން |
ވޯޓުފޮށީގެކޯޑު |
ނަންބަރު |
ހއ. ތަކަންދޫ، ރައްޔިތުންގެ ޕްރީ ސްކޫލުގެ ހޯލު |
މި ފޮށްޓަށް ވޯޓުލާނީ ހއ. ތަކަންދޫ ރައްޔިތުންނެވެ. |
ހއ. ތަކަންދޫ-1 |
A11.1 |
1 |
ނ. ލަންދޫ ޕްރީ ސްކޫލުގެ ހޯލު |
މި ފޮށްޓަށް ވޯޓުލާނީ ނ. ލަންދޫ ރައްޔިތުންނެވެ. |
ނ. ލަންދޫ-1 |
D5.1 |
2 |
ނ. ވެލިދޫ، ހިންޒު ޕްރީސްކޫލް ހޯލުގެ އިރުމަތި |
މި ފޮށްޓަށް ވޯޓުލާނީ ވެލިދޫ ރޯޝަނީމަގުގެ އުތުރުން ޝަބްނަމީހިނގުމާ ހަމަޔަށް، ޝަބްނަމީހިނގުމުގެ ހުޅަނގުން އުތުރަށް ޗާނދަނީމަގާއި ހަމަޔަށް، ޗާނދަނީމަގުގެ އުތުރުން އިރަށް ރާވެރިމަގާއި ހަމަޔަށް، ރާވެރިންމަގުން އުތުރަށް އެމަގުގެ ހުޅަނގުން ހިމެނޭ ރަށުގެ އުތުރު ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ. |
ނ. ވެލިދޫ-1 |
D13.1 |
3 |
ނ. ވެލިދޫ، ހިންޒު ޕްރީސްކޫލް ހޯލުގެ ހުޅަނގު |
މި ފޮށްޓަށް ވޯޓުލާނީ ވެލިދޫ ރޯޝަނީމަގުގެ ދެކުނުން ޝަބްނަމީހިނގުމާ ހަމަޔަށް، ޝަބްނަމީހިނގުމުގެ އިރުން ޗާނދަނީމަގާއި ހަމަޔަށް، ޗާންދަނީމަގުގެ ދެކުނުން އިރަށް ރާވެރިންމަގާއި ހަމަޔަށް، ރާވެރިންމަގުގެ ހުޅަނގުން ހަވީރީހިނގުމާ ހަމަޔަށް، ހަވީރީހިނގުމުގެ އުތުރުން ހުޅަނގަށް ޝިފާގޯޅިއާ ހަމަޔަށް، ޝިފާގޯޅީގެ ހުޅަނގުން ދެކުނަށް ކިނާރާމަގާއި ހަމަޔަށް، ކީނާރާމަގުގެ އުތުރުން އެމަގުގެ ހުޅަނގުގައި ހިމެނޭ ރަށުގެ މެދުތެރޭ ސަރަޙައަދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ. |
ނ. ވެލިދޫ-2 |
D13.2 |
4 |
ރ. އިންނަމާދޫ ހިޔާރު ޕްރީ ސްކޫލުގެ ހޯލު |
މި ފޮށްޓަށް ވޯޓުލާނީ ރ. އިންނަމާދޫ ރައްޔިތުންނެވެ. |
ރ. އިންނަމާދޫ-1 |
E10.1 |
5 |
މ. މަޑުއްވަރީ ކައުންސިލްގެ ދަސްވެނި މާލަމް |
މި ފޮށްޓަށް ވޯޓުލާނީ މ. މަޑުއްވަރީ ރައްޔިތުންނެވެ. |
މ. މަޑުއްވަރި-1 |
K8.1 |
6 |
މާލެ، ދަރުބާރުގެ |
މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ހއ. ތަކަންދޫ އަދި ހއ. އުތީމު ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންނެވެ. |
ބައި-އިލެކްޝަން، އަތޮޅު-މާލެ-1 |
T0.1 |
7 |
މާލެ، ދަރުބާރުގެ |
މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ނ. ލަންދޫ އަދި ނ. ވެލިދޫ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންނެވެ. |
ބައި-އިލެކްޝަން، އަތޮޅު-މާލެ-2 |
T0.2 |
8 |
މާލެ، ދަރުބާރުގެ |
މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ރ. އިންނަމާދޫ އަދި މ. މަޑުއްވަރީ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންނެވެ. |
ބައި-އިލެކްޝަން، އަތޮޅު-މާލެ-3 |
T0.3 |
9 |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.