ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޓޯކެޑް އެޑްވާންސް ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުން

އޮޓޯކެޑް އެޑްވާންސް ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުން

 

                  މި ކައުންސިލްގެ ފަރާތުން ހއ. އަތޮޅުގެ ކައުންސިލްތަކުގައި ޕްރޮޖެކްޓް މަސައްކަތްކުރާ ފަރާތްތަކަށާއި ކޮންސްޓްރަކްޝަން ދާއިރާގައި  މަސައްކަތްކުރަމުންދާ ފަރާތްތަކަށް  އަމާޒުކޮށްގެން  "އޮޓޯކެޑް އެޑްވާންސް ކޯސް" ހިންގަން ބޭނުންވެއެވެ. މި ކޯސް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 2024 މޭ މަހުގެ ފަހު ހަފުތާގައެވެ. މިކޯސް ރާވައި ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ކަންކަން ހިމަނައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

  • ކޯސް ހިންގާ އިންސްޓިޓިއުޓް ނުވަތަ އެފަރާތެއްގެ މަޢުލޫމާތު
  • ބައިވެރީންގެ ޢަދަދު: 34 ބައިވެރީން
  • ކޯސް ނިމޭއިރު ދަރިވަރުންނަށް ހާސިލްވާނެ މިންވަރު
  • ކޯސް ކުރިއަށް ގެންދާނެ ގޮތުގެ އައުޓުލައިން
  • ކޯހުގެ މުއްދަތު (ގަޑިއިރު)
  • ކޯސް ހިންގައިދޭނެ އަގު

ހުށަހަޅާ ޕްރޮޕޯސަލްތަކަށް މާކުސްދޭނެގޮތް

  • އަގަށް %80
  • ތަޖުރިބާ %20

                  ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  2024 މޭ 15 ވަނަ ދުވަހުގެ  12:00 އަށް ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހިގެން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރުމަޢުލޫމާތު ހޯއްދެވުމަށް މި ކައުންސިލްގެ ހޮޓްލައިން ނަންބަރު 1658 އަށް ގުޅުއްވުން އެދެމެވެ.

30 އޭޕްރިލް 2024
ހޯދާ