މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލިފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ކަނބަލުންގެ ވޮލީ މުބާރާތް 2024

އިޢުލާން

  

މި ކޮމެޓީގެ ފަރާތުން ރ. އަލިފުށި ކަނބަލުންނަށް ހުޅުވާލައިގެން ބާއްވާ "އަލިފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ކަނބަލުންގެ ވޮލީ މުބާރާތް 2024" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2024 ޖޫން 23 ގައެވެ.

 

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރައްވާ  15 މޭ 2024 ގެ 14:00 ގެ ކުރިން އަލިފުށި ކައުންސިލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. މި މުބާރާތުގެ ޤަވާއިދާއި، މުބާރާތުގައި ބައިވެރިވުމަށް ހުޅަހަޅާ ފޯމު މި އިޢުލާނާ އެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް ހުޅަހަޅާ ފޯމު ސަރުކާރު ރަސްމީ ގަޑީގައި އަލިފުށި ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.

30 އޭޕްރިލް 2024
ހޯދާ