ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާގެ މިސްކިތްތަކަށް ބޭނުންވާ ފޮޅާ ސާފުކުރާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރުން:

އިޢުލާން

ތިނަދޫ ސިޓީކައުންސިލްގެ އިދާރާގެ މިސްކިތްތަކަށް ބޭނުންވާ ފޮޅާ ސާފުކުރާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރުން:

           ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާގެ މިސްކިތްތަކަށް ބޭނުންވާ ފޮޅާ ސާފުކުރާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރި ނަންބަރު  (IUL)415/415/2024/59 (  21މާރޗް 2024 ) އިއުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ ކުރިން ކުރި ޢިއުލާން ބާތިލްކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 08 މެއި 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ [email protected] މެއިލް ކޮށްގެން ރަޖިސްޓަރ ކުރެއްވުން އެދެމެވެ.

                 އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 16 މެއި 2024 ވާ  ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

 

ތާރީޚް

ދުވަސް

ގަޑި

ތަން

ރެޖިސްޓްރޭޝަން މުއްދަތު

25 އޭޕްރީލް  2024 –    08 މެއި 2024

 

 

ގދ.ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނުވަތަ ފޯނުން ގުޅުއްވައިގެން

ބީލަން ހުށަހެޅުން

16 މެއި 2024

ބުރާސްފަތި

13:00

ގދ.ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ

 

25 އޭޕްރިލް 2024
ހޯދާ