މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 އެސިސްޓެންޓް ޑިރެކްޓަރ

މަޤާމް

އެމް އެސް 3

މަޤާމުގެ ރޭންކް

އެސިސްޓެންޓް ޑިރެކްޓަރ

ކްލެސިފިކޭޝަން

ނ. އަތޮޅު ކައުންސިލްގެ އިދާރާ

އޮފީސް

ކޯޕަރޭޓް އެފެއާޒް/  ބަޖެޓް އެންޑް ފައިނޭންސް 

ސެކްޝަން / ޔުނިޓް

 1 (އެކެއް)

ބޭނުންވާ އަދަދު

މަހަކު -/7035 ރުފިޔާ

މުސާރަ

މަހަކު -/2000 ރުފިޔާ

ސަރވިސް އެލަވަންސް

1 އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް  ހާސިލްކޮށްފައިވުމާއެކު، އެޑްމިނސްޓްރޭޝަން / މެނޭޖްމަންޓުގެ  ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠު

އަތޮޅު ކައުންސިލްގެ އިދާރާގެ، ކައުންސިލްގެ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓް ފައިސާއާބެހޭ އެންމެހައި ކަންތައްތައް، މާލިއްޔަތުގެ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާޢިދާ އެއްގޮތަށް ކުރުމާއި، ބަޖެޓް އެންޑް ފައިނޭންސް ޔުނިޓުގެ މަސައްކަތްތައް ހިންގުމާއި ބެލެހެއްޓުން.

މަޤާމުގެ މަސްއޫލިއްޔަތު

- އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ ގަވާއިދުން އިތުރުގަޑީގެ ފައިސާ.

-  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދިނުމަށް ސިވިލް ސަރވިސްއިން ކަނޑައަޅުއްވާފައިވާ އެލަވަންސާއި ޢިނާޔަތްތައް.

-  ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތީން ވަޒީފާއާއި، މުސާރައިގެ ކުރިއެރުން.

އުޖޫރައާއި ޢިނާޔަތްތައް

 - ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

 - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

 - ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ވަޒީފާއަށް އެދޭ ފޯމް، ރަސްމީ ގަޑީގައި، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
2. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ތައުލީމީ ސެޓްފިކެޓްތައް ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުބަލައި ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީއެވެ.)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ހުށަހަޅަންޖެހޭ ލިޔުންތައް

- އިޢުލާނުގެ މުއްދަތު ހަމަވާތާ 2 ހަފުތާގެ ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ، ނ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

- މި މަޤާމަށް  އިންޓަވިއު ކުރެވޭނީ، މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކާއެވެ.

ވަޒީފާގެ އިންޓަވިއު އޮންނާނެ ތަން

މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2015 މެއި 12 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން، މި އިދާރާއަށް ހުށަހެޅުން އެދެން.  

ވަޒީފާއަށް އެދެންވީ ގޮތާއި ސުންގަޑި

މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6560028 ނަންބަރު ފޯނަށް ނުވަތަ 6560012 ނަންބަރު ފޯނަށެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނަކީ މި އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމަށް  އެދި ހުށަހެޅުމަށް 7 އެޕްރީލް 2015 ގައި ކުރެވިފައިވާ މި އިދާރާގެ  

2/IUL) 228-AB/228/2015) ނަންބަރު އިޢުލާނު ފުރިހަމަނުވާތީ، އެ އިޢުލާނު ބާތިލުކޮށް އަލުން އެ މަޤާމަށް ކުރި އިޢުލާނެވެ.

ނޯޓް

8 ރަޖަބު 1436

27 އޭޕްރިލް 2015
ހޯދާ