ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
ޕްރޮޖެކްޓް ނަންބަރު: TES/2015/W-76
ޑިޒައިން އެންޑް ބިލްޑް ބޭސިސް ފޮރ ވޯޓަރ ސަޕްލައި ނެޓްވޯކް، ގްރައުންޑް ވޯޓަރ ސްޓޯރޭޖް ޓޭންކްސް އެންޑް ރިވާސް އޮސްމޯސިސް ޕްލާންޓް އެންޑް އެލައިޑް ވޯކްސް ބޭސްޑް އޮން އިންޓަރގްރޭޓަޑް ވޯޓަރ ރިސޯސް އެޕްރޯޗް އިން ތ. ތިމަރަފުށި މޯލްޑިވްސް
1- ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އެކަށީގެންވާ ސާފު ބޯފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި 2015 ވަނަ އަހަރުގެ ބަޖެޓްގައި ފައިސާވަނީ ހަމަޖެހިފައެވެ.
2- މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާރޖީ (އެމް.އީ.އީ) ގެ ބޭނުމަށް ޑިޒައިން އެންޑް ބިލްޑް ބޭސިސް ފޮރ ވޯޓަރ ސަޕްލައި ނެޓްވޯކް، ގްރައުންޑް ވޯޓަރ ސްޓޯރޭޖް ޓޭންކްސް އެންޑް ރިވާސް އޮސްމޯސިސް ޕްލާންޓް އެންޑް އެލައިޑް ވޯކްސް ބޭސްޑް އޮން އިންޓަރގްރޭޓަޑް ވޯޓަރ ރިސޯސް އެޕްރޯޗް އިން ތ.ތިމަރަފުށި، މޯލްޑިވްސް އަދި އެއާގުޅޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތައް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
3- މި ބީލަމުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީގައި ރަޖިސްޓަރ ވެފައިވާ ފަރާތްތަކުގެ ތެރެއިން UC03ގެ ގްރޭޑް 1 އަދި 2 އަކަށް ޝަރުޠުހަމަވެފައިވާ ކޮންޓްރެކްޓަރުންނަށެވެ.
4- ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާކަން ނުވަތަ ނޫންކަން އަންގައިދޭ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ދޫކުރާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓު) މިބީލަމާއެކު ހުށަހަޅަން ޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް 5 (ފަހެއް) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.
5- ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 130,000.00ރ (އެއްލައްކަ ތިރީސްހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑްސެކިޔުރިޓީގެ މުއްދަތަކީ ބިޑްހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
6- ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 3 މޭ 2015 އިން 25 މޭ 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:30 އަށް މި މިނިސްޓްރީންނެވެ. ބީލަން ފޮތެއްގެ އަގަކީ -/1500 (ފަނަރަސަތޭކަ) ރުފިޔާ އެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝްން ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
7- މިޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 25 މޭ 2015ވާ ހޯމަ ދުވަހުގެ 15:00 ކުރިން ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ޓެންޑަރ އިވެލުއޭޝަން ސެކްޝަން،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން: 3349203/ 3349106
ފެކްސް: 3320706
އީމެއިލް: [email protected]
ކޮޕީ: [email protected]
8- މި ޕްރޮޖެކްޓްގެ ބިޑްތައް 4 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މި މިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަން ފޮނުއްވަންވާނެއެވެ. ގަޑިޖެހުމުގެ ސަބަބުން ސަބްމިޓްކުރާ ބިޑްތައް ރިޖެކްޓް ކުރެވޭނެއެވެ. އަދި ބިޑް ހުޅުވުން އޮންނާނީ 4 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚު ވަގުތު އަދި ކޮންޓްރެކްޓަރުންގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.