2024 ވަނަ އަހަރުގެ ސާނަވީ އިމްތިހާނުގެ އަރަބި ޖަވާބު ކަރުދާސް މާކުކުރާނެ މާކަރަކު ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް އިޢުލާންކުރީމެވެ.
|
ބޭނުންވާ އަދަދު:
|
|
މަސައްކަތް ކުރިއަށް ދާނެ ތާރީޚްތަކާއި ގަޑިތައް:
|
- މާކިންގ:
15 މެއި 2024 އިން 22 މެއި 2024 އަށް (08:30 އިން 18:00 އަށް)
|
އުޖޫރަ:
|
- މާކަރުންނަށް ކަނޑައެޅިފައިވަނީ މާކުކުރާ ކޮންމެ ކަރުދާހަކަށް: 60.00 (ފަސްދޮޅަސް) ރުފިޔާ
- މާކިންގ މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސް ގޮތުގައި: 1,000.00 (އެއްހާސް) ރުފިޔާ
|
ޝަރުޠު:
|
މާކުކުރުމަށް އެދޭ މީހުންގެ ޝަރުޠު:
- މިއަހަރު، އިމްތިޙާނުގައި ބައިވެރި ނުވާ ފަރާތަކަށްވުން
- މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިގްރީއެއް އޮތުމާއެކު ޝަހާދާ ސާނަވީގައި ނުވަތަ މަތީ ސާނަވީގައި އަރަބިބަސް ނުވަތަ އަރަބިބަހުން މިހާރުވެސް ކިޔަވައިދޭ ފަރާތަކަށްވުން ނުވަތަ ލެކްޗަރާއެއްގެ ގޮތުގައި އަރަބިބަސް ކިޔަވައިދޭ ފަރާތަކަށްވުން ނުވަތަ އަރަބިބަހުން ޓީޗަރުން ތަމްރީން ކުރުމުގެ މަސައްކަތްކުރާ ފަރާތަކަށްވުން
|
މަސްޢޫލިއްޔަތު:
|
1- މާކަރުން: 2024 ވަނަ އަހަރު އެޕްރީލް ގައި ބޭއްވި ސާނަވީ އިމްތިޙާނުގެ އަރަބި މާއްދާގެ ނަތީޖާ ނެރުމަށްޓަކައި އިސްޓީމުގެ ލަފަޔާ އިރުޝާދުގެ ދަށުން ދަރިވަރުންގެ ޖަވާބު ކަރުދާސްތައް މާކުކުރުން
|
މީހުން ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ:
|
- ތަޢުލީމީ ފެންވަރު : %45
- ކިޔަވައި ދިނުމުގެ ތަޖުރިބާ :%21
- މަސައްކަތު ތަޖުރިބާ : %34
|
އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:
|
- މާކަރުން ކަނޑައަޅާނީ މާކަކުރުމުގެ މަސައްކަތަށް އެދޭ ފޯމުން ކަނޑައެޅިފައިވާ އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ ތެރެއިން ކަނޑައަޅާފައިވާ އަދަދަށް.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- މާކުކުރުމުގެ މަސައްކަތަށް އެދޭ ފޯމު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
- އެ މާއްދާއާ ގުޅޭ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓާއި ތަޖުރިބާގެ ލިޔުންތައް
- ޝަހާދާ ސާނަވީގައި ނުވަތަ މަތީ ސާނަވީގައި އަރަބިބަސް ނުވަތަ އަރަބިބަހުން ސްކޫލެއްގައި މިހާރުވެސް ކިޔަވައިދޭކަން އެނގޭނެ ރަސްމީ ލިޔުން
- ޔުނިވަރސިޓީ / ކޮލެޖް ގައި މިހާރުވެސް ޢަމަލީގޮތުން މަސައްކަތްކުރާ ފަރާތެއްކަން އެނގޭނެ ރަސްމީ ލިޔުން
|
ސުންގަޑި:
|
2024 މެއި 09 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން
|
އެދެންވީ ގޮތް:
|
- ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ " މާކު ކުރުމުގެ މަސައްކަތަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށް ފަހު، ހުށައަޅަންޖެހޭ ޑޮކިއުމަންޓްތަކާއެކު ( ހުރިހާ ޑޮކިއުމަންޓް ތައް ޕީ.ޑީ.އެފް ފައިލްގައި ހިމަނާފައި) ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް އަށް އީ މެއިލް މެދުވެރިކޮށް [email protected] އަށެވެ. ( ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އީ-މެއިލް މެދުވެރިކޮށް)
- މާކުރުމުގެ މަސައްކަތަށް އެދޭ ފޯމު މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި ވެބްސައިޓުން www.dpe.edu.mv ލިބެން ހުންނާނެއެވެ.
- އިތުރު މައުލޫމާތު ހޯއްދެވުމަށް 4003999 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.
|