ދިވެހިރާއްޖެ
މަޤާމު: ޝެފް
ބޭނުންވާ އަދަދު: 01
ބޭސިކް މުސާރަ: -/4،600 އާއި -/5،950 އާ ދެމެދުގެ މުސާރައެއް ލިބިދެވޭނެއެވެ.
ސަރވިސް އެލަވަންސް: ބޭސިކް މުސާރައިގެ %60
ވަޒީފާ ދޭ ފަރާތް: މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)
ވަޒީފާ އަދާކުރާ ތަން: ކަނޑުއޮތްގިރި ފިޝްވިލެޖް
ހުރުމާއި ކެއުން: ސައިޓުގައި ހަމަޖެހިފައިވާނެ
ޝަރުޠު:
ހޮޓެލް ސްކޫލް/ ކެއްކުމުގެ ދާއިރާއިން ޑިޕްލޮމާ ލެވެލް ކޯހެއް ފުރިހަމަކޮށްފައިވުން ނުވަތަ އެޑްވާންސް ޑިޕްލޮމާ ފެންވަރުގެ ފުޑް ޕްރެޕަރޭޝަން ކޯހެއް ފުރިހަމަކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާލިބިފައިވުން.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
މިފްކޯ މަސްފިހާރައިގައި ވިއްކަން ބޭނުންވާ ކާނާ ތައްޔާރުކުރުން. އަދި ފަސްމީރު ލައިފް ސްޓައިލް ޕްރޮޑަކްޓްސްތައް ތައްޔާރު ކުރުމުގައި އެހީތެރިވެދިނުން. މީގެ އިތުރުން މިފްކޯ އިން ބައިވެރިވާ ފުޑް ފެއަރ ތަކަށް ބޭނުންވާ ކާބޯތަކެތި ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
އިންޓަރވިއު ކުރުން: އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
- ވަޒީފާއަށް ކުރިމަތިލާ ހުށަހަޅާ ސިޓީ
ތަކެތި ހުށަހަޅަންޖެހޭ އޮފީސް
މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ރިސެޕްޝަން ކައުންޓަރަށް.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 05 މޭ 2015 ވަނަ ދުވަހުގެ 13:00 ގެ ކުރިން.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އޮފީހުގެެ ނަންބަރު 3323932 ފޯނަށް ގުޅުއްވުން އެދެމެވެ.