މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން މެއިލް ބަހާ މީހުން

މަޤާމު:

ކޮންޓްރެކްޓް އުސޫލުން މެއިލް ބަހާ މީހުން (ވިލިނގިލިލެ)

ބޭނުންވާ އަދަދު :

01

މުސާރަ:

މަސައްކަތަށް ނިކުންނަ ދުވަހަކަށް -/160 ރުފިޔާ (ސަތޭކަ ފަސްދޮޅަސް ރުފިޔާ)

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިޕާޓްމަންޓް:

މެއިލް އޮޕަރޭޝަންސް ޑިވިޜަން

މަޤާމުގެ ޝަރުޠު:

  • ތަޢުލީމީގޮތުން ދަށްވެގެން ގްރޭޑް 7 ގެ ފެންވަރު ހުރި މީހެއްކަމުގައިވުން
  • ހަވާލުކުރެވޭ މަސައްކަތް ދުވަހުން ދުވަހަށް ނިންމޭ ފަދަ ޤާބިލު ފަރާތަކަށްވުން
  • އަމިއްލަ ދުއްވާ އެއްޗެއްގައި އުޅޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައިވުން
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކު ކަމުގައި ނުވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ (ސިޓީގައި އިޢުލާން ނަންބަރާއެކު)
  • މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒިފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ވަޒީފާއަށް އެދި ފޮނުވާ ސިޓީއާއި ވަނަވަރު އަދި އެކުގައިހުށަހަޅުއްވަންޖެހޭ ލިޔުންތަކާއެކު 06 މޭ 2015 ވާ ބުދަ ދުވަހުގެ 15:00ގެ ކުރިން ޕޯސްޓް ބިލްޑިންގގެ 03 ވަނަ ފްލޯރއަށް ވަޑައިގެން އެޗްއާރު ޑިޕާރޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ވަޒީފާއަށް އެދި" މިހެން ޖައްސަވަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މިމަޤާމުތަކަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތަށް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސް ކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009272، 3009273، 3009274

ފެކްސް: 3321559

30 އޭޕްރިލް 2015
ހޯދާ