ދިވެހިރާއްޖެ
1436 ވަނަ އަހަރުގެ ރަމަޟާން މަހަށް މިރަށުގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ ގޮތުން ތިރީގައިމިވާ ތަކެތި މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެމަތިން ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ހޯދަން ބޭނުންވާ ތަކެތި:
- 1 ފެން މޯޓަރ
- 12 އެނާޖީސޭވް ލައިޓް 23 ވޯޓްގެ
- 6 ސީލިންގ ފަންކާ އޮރިއެންޓް 1200މމ ގެ
- 1 ވައިލަސް މައިކް
- 1 ނަމާދު ވަގުތު ބަލާ ގަޑި
- 8 ސްޓޭންޑް ފަންކާ
- 12 ފައިފުހި (މޮޅު)
- 11 ފެން އިސްކުރު (މޮޅު)
- 4 މުސައްލަ ބޮޑު (މޮޅު)
- 2 ސްޕީކަރު
- 5 ފާޓާ ހުދުކުލަ (މޮޅު) 20 ލީޓަރުގެ (މިސްކިތު އެތެރޭގައި ލުމަށް)
- 4 ރޯލަރ 10 އިންޗީގެ
- 6 ރޯލަރ 4 އިންޗީގެ
- 10 ލީޓަރ ދަވާދު (ހުދު)
- 1 ރޯލް ހޮޅި 6 ސޫތުގެ (ނޫކުލަ)
- 12 އެނާޖީސޭވް ލައިޓް 40 ވޯޓްގެ
- 1 ރޯލް ފްލޯމެޓް
- 1 ލޯގަނޑު ފާރުގަ ހަރުކުރާ
- 2 މޭޒު
ވީމާ، މަތީގައި ދެންނެވުނު ތަކެތި ހޯދައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅާ ފޯމު ފުރިހަމަ ކުރައްވައި 2015 މޭ 12 ވާ އަންގާރަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 07 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މިއިދާރާގައެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބު ތަކާއި، ފޯމުގައިވާ މަޢުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައި ގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހަކު ބަދަލުގައި ފޮނުވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ މިއިދާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުގައެވެ. އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ 6740015 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތެއް ކަނޑައެޅުމުގައި ތިރީގައިވާ ކަންކަމަށް ބެލޭނެއެވެ.
- ހުށަހަޅާ އަގު %80
- ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު % 10
- ވޮރެންޓީ % 10
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
09 ރަޖަބު 1436