ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ދޭ މަޢޫލޫމާތާ އެއްގޮތަށް ޔުނިވަރސިޓީގެ އިމާރާތުގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

އިޢުލާން

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ދޭ މަޢޫލޫމާތާ އެއްގޮތަށް ޔުނިވަރސިޓީގެ އިމާރާތުގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

ދދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ދޭ މަޢޫލޫމާތާ އެއްގޮތަށް ޔުނިވަރސިޓީގެ އިމާރާތުގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 05 މެއި 2024ވާ އާދިއްތަ ދުވަހުގެ 11:30އަށް މި ޔުނިވަރސިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ވީމާ، މި މަސައްކަތަށް ޝަޢުގުވެރިވާ ފަރާތްތަކުން މި ޔުނިވަރސިޓީގެ [email protected] މެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުޅުވުން.

މި އިޢުލާން އާއި ގުޅިގެން ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެވެ.

ބިޑް ސެކިއުރިޓީ އަދި ޕާފޯމަންސް ގެރެންޓީ

ބީލަން ހުށަހަޅާއިރު، ބީލަމާއިއެކު ބިޑް ސެކިއުރިޓީގެ ގޮތުގައި 7،000ރ (ހަތްހާސް ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް 30 ދުވަހުގެ ވެލިޑިޓީއާއި އެކު ހުށަހަޅަންވާނެއެވެ. މި އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މި ބީލަން ކާމިޔާބު ކުރާ ފަރާތުން ހުށަހަޅާފައިވާ އަގު ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ ޖަދުވަލު 1 ގެ 6 ވަނަ ނަންބަރުގައިވާ ތާވަލްގެ 1 ވަނަ ނަންބަރުގައިވާ މިންވަރަށްވުރެ ބޮޑު ކަމުގައިވާނަމަ ޕަރފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ.

މި އިޢުލާންއާއި ގުޅޭ މުހިންމު ސުންގަޑިތައް

ބީލަމާއި ގުޅިގެން ބާއްވާ ޕްރީ-ބިޑް ބައްދަލުވުން

05 މެއި 2024 ގެ 11:30ގައި

ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ސުންގަޑި

09 މެއި 2024 ގެ 09:00ގައި

އަންދާސީ ހިސާބު ހުށަހެޅުން

09 މެއި 2024 ގެ 10:00އަށް

 

20 ޝައްވާލް 1445

29 އޭޕްރިލް 2024
ހޯދާ