ދިވެހިރާއްޖެ
އިޢުލާނު
މިކޯޓުގެ މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ޢާންމުކޮށް އިޢުލާނު ކުރަމެވެ.
| 
 ވަޒީފާގެ ފުރުޞަތު  | 
 ނަންބަރު: L05C-A/2024/01  | 
|||||||||||||
| 
 ތާރީޚް: 26 އެޕްރީލް 2024  | 
||||||||||||||
| 
 މަޤާމް  | 
 ހައުސްކީޕަރ (ކޮންޓްރެކްޓް)  | 
 ރޭންކް: އެސް.އެސް 01  | 
||||||||||||
| 
 މަޤާމުގެ ކްލެސިފިކޭޝަން  | 
 ސަޕޯޓް ސްޓާފް ގްރޭޑް 1  | 
|||||||||||||
| 
 މަޤާމުގެ ގިންތި:  | 
 ކޮންޓްރެކްޓް (ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 01 އަހަރު ދުވަހުގެ މުއްދަތަށް)  | 
|||||||||||||
| 
 މުއްދަތު:  | 
 01 އަހަރު ދުވަސް  | 
|||||||||||||
| 
 ބޭނުންވާ ޢަދަދު  | 
 01 (އެކެއް)  | 
|||||||||||||
| 
 މަސައްކަތްކުރަންޖެހޭ ތަން  | 
 ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓު  | 
|||||||||||||
| 
 އަސާސީ މުސާރަ  | 
 3,100.00 $ (ތިންހާސް އެއްސަތޭކަ ރުފިޔާ)  | 
|||||||||||||
| 
 އުޖޫރައާއި އިނާޔަތްތައް  | 
 ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ފައިސާ  | 
|||||||||||||
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް  | 
  | 
|||||||||||||
| 
 މަޤާމުގެ ޝަރުޠުތައް  | 
 އަސާސީ ޝަރުޠު: ދިވެހި ބަހުން ލިޔަންކިޔަން އެނގުން. (ލިޔަންކިޔަން އެނގޭކަމަށް ބަލާނީ ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލިޔުން ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެން ނުވަތަ ލިޔަންކިޔަން އެނގޭތޯ ބެލުމަށް މި ކޯޓުން ޓެސްޓެއް ދީގެންނެވެ.) މަޤާމުގެ ތަޢުލީމީ ރޮނގުތައް: މި މަޤާމަކީ ވަކި ޚާޢްޞަ ތަޢުލީމީ ރޮނގެއް ކަނޑައެޅިފައިވާ ނުވާ މަޤާމެކެވެ. މަޤާމުގެ މަސައްކަތުގެ ދާއިރާތައް: ހައުސްކީޕިންގ އެންޑް މެއިންޓެނަންސް / ޑެލިވަރީ  | 
|||||||||||||
| 
 އެހެނިހެން ޝަރުޠު  | 
 2.1. ކާފަ ނުވަތަ މާމަ (ދޮން ކާފައާއި ދޮން މާމަ ހިމެނޭގޮތަށް) 2.2. މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ ނުވަތަ ދޮންބައްޕަ ހިމެނޭގޮތަށް) 2.3. ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮންމަންމަ ނުވަތަ ދޮންބައްޕަގެ ދަރިން) 2.4. ދަރިން (ކާފަ ދަރިންނާއި މާމަ ދަރިން އަދި ދޮން ދަރިންވެސް ހިމެނޭހެން) 2.5. އަނބިމީހާ ނުވަތަ ފިރިމީހާ 2.6. ފަހަރި ނުވަތަ ޅިޔަނު (ތިމާ އިނދެގެން އުޅޭ މީހާގެ ދައްތަ ނުވަތަ ބޭބެއާއި، އެމީހުން އިނދެގެން އުޅޭ މީހުންނާއި، ތިމާގެ ދައްތަ ނުވަތަ ބޭބެ އިނދެގެން އުޅޭ މީހުން ހިމެނޭހެން) 2.7. މައިދައިތަ ނުވަތަ ބަފައިބެ (އަނބިމީހާ ނުވަތަ ފިރިމީހާގެ ކާފަ ނުވަތަ މާމައާއި ދޮންމައިދައިތަ އާއި ދޮންބަފައިބެ ހިމެނޭހެން) 2.8. ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ (ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ އިނދެގެން އުޅޭމީހާ ހިމެނޭހެން) 2.9. ދެބޭންގެ ދެ ދަރި މީހަކު ކަމުގައި ނުވުން.  | 
|||||||||||||
| 
 އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި  | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމު ދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓިފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ އެ ފަރާތުން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ނ) ޖީ.ސީ.އީ އޯ-ލެވެލް ނުވަތަ އޭ-ލެވެލް ފުރިހަމަކޮށްފައި ވާނަމަ އެ ސެޓިފިކެޓުތަކުގެ ކޮޕީ. 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ؛ (ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ. (ރ) ދަޢުލަތުގެ އުވާ ލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާ ލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާ ލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".  | 
|||||||||||||
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް  | 
 
  | 
|||||||||||||
| 
 މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް  | 
 - ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން. - ކޮންމެ ވަގުތެއްގައި މަސައްކަތަށް ނިކުންނަށް ޖެހުނު ކަމުގައިވިނަމަވެސް ވަޒީފާއަށް ނުކުމެވޭނެ ފަރާތަކަށްވުން. - އެހެން އިދާރާއެއްގައި މަސައްކަތް ކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތެއްނަމަ އެފަރާތުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތުގެ އަޚްލާގަށް ރިޢާޔަތް ކުރެވިދާނެއެވެ.  | 
|||||||||||||
| 
 ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި  | 
 2024 މޭ 13 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، "ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަކުރެއްވުމަށްފަހު ފ.ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.  | 
|||||||||||||
| 
 ޝޯޓްލިސްޓްކުރުން  | 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  | 
|||||||||||||
| 
 އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު  | 
 މިމަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަރވިއުކުރުން އޮންނާނީ 2024 މޭ 15 ވަނަ ދުވަހުން ފެށިގެން މިކޯޓުގައެވެ.  | 
|||||||||||||
| 
 ވަޒީފާއަށް ކުރިމަތިލިފާރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން  | 
 ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް " އާންމުކޮށް ފެންނާނެހެން މި އިދާރާގައި، އިދާރާގެ ވެބްސައިޓްގައި އަދި ސަރުކާރުގެ ގެޒެޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.  | 
|||||||||||||
| 
 އެހެނިހެން ކަންތައްތައް  | 
  | 
|||||||||||||
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 6740656 ފޯނަށް ގުޅުއްވުން އެދެމެވެ.
19 ޝައްވާލް 1445
28 އެޕްރީލް 2024
