މަޤާމު:
|
މަރކެޓިންގ މެނޭޖަރ
|
ބޭނުންވާ ޢަދަދު: 1
|
އޮފީސް
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
|
ނޯޓު: 1 އަހަރު ދުވަހުގެ މުއްދަތަށް މަސައްކަތުގެ ފެންވަރު ބެލުމަށްފަހު، މަޤާމު ދާއިމީ ކުރެވޭނެއެވެ.
|
މަޤާމުގެ ގްރޭޑު/ ސްޕައިން ޕޮއިންޓު، މަޤާމުގެ ޝަރްޠުތައް، އަސާސީ މުސާރަ، އަދި ސަރވިސް އެލަވަންސް
|
މަޤާމު
|
ގްރޭޑް /
ސްޕައިން ޕޮއިންޓު
|
ޝަރުތު
|
މަޤާމުގެ އަސާސީ މުސާރަ
|
ސަރވިސް އެލަވަންސް
|
މަރކެޓިންގ މެނޭޖަރ
|
ADG7/40
|
1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
ނުވަތަ،
2. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ،
3. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
12,687.50
|
5,437.50
|
ADG7/41
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 40 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
ނުވަތަ
2. އޭޑީޖީ ކްލެސިފިކޭޝަން 7 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.
|
13,141.29
|
5,631.98
|
ADG7/42
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 41 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
ނުވަތަ،
2. އޭޑީޖީ ކްލެސިފިކޭޝަން 7 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.
|
13,594.62
|
5,826.27
|
ADG7/43
|
.1 އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 42 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
ނުވަތަ،
2. އޭޑީޖީ ކްލެސިފިކޭޝަން 7 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.
|
14,049.17
|
6,021.08
|
ADG7/44
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 43 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
ނުވަތަ،
2. އޭޑީޖީ ކްލެސިފިކޭޝަން 7 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.
|
14,502.66
|
6,215.42
|
ADG7/45
|
1.އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 44 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
ނުވަތަ،
2. އޭޑީޖީ ކްލެސިފިކޭޝަން 7 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.
|
14,957.05
|
6,410.17
|
|
|
|
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭންގައިވާ ކަންކަން ހާޞިލް ކުރުމަށް މާރކެޓިންގ ޑިޕާރޓްމަންޓް އިން ކުރަންޖެހޭ އެންމެހާ ކަންކަން ކޯޑިނޭޓް ކުރުން.
- ޔުނިވަރސިޓީގެ މަރކެޓިންގ ސްޓްރެޓަޖީތަކާއި އެކްޝަން ޕްލޭންތައް އަދި އެނުއަލް ޓަރގެޓްތައް އެކުލަވައިލައި، މެނޭޖްކޮށް، ރޭވުމާ އެއްގޮތަށް ކަނޑައެޅިފައިވާ މުއްދަތުގައި ތަންފީޒުކުރުން.
- ޔުނިވަރސިޓީގެ މާކެޓިންގެ ލަނޑުދަނޑިތައް ހާސިލުކުރެވޭފަދަ ހުނަރުވެރި ޤާބިލު ޓީމެއް އުފެއްދުމަށް މަސައްކަތް ކުރުން.
- ކުއްލިއްޔާ / ސެންޓަރ ތަކާއެކު މާރކެޓިންގ ގެ ހަރަކާތްތައް ރާވާ، ތަންފީޒުކޮށް، ނަތީޖާ އެނަލައިޒް ކޮށް ބަދަލުގެންނަންޖެހޭ ކަންކަމަށް ބަދަލުގެނައުން.
- ޔުނިވަރސިޓީގެ ކޯސްތަކަށް ދަރިވަރުން ހޯދުމަށް ކުރާމަސައްކަތްތައް މުޅި އަހަރުތެރޭގައި ސިސްޓަމެޓިކް ގޮތަކަށް ރާވައިގެން ކުރިއަށް ގެންދިއުމުގައި ޙަރަކާތްތައް ރެޖިސްޓްރަރ އޮފީހާ ގުޅިގެން ރާވާ އިންތިޒާމްކޮށް ހިންގުން.
- ޔުނިވަރސިޓީއާމެދު މީހުން ދެކޭގޮތް ރަނގަޅުކުރުމަށް، ޕީ.އާރު ފުރުޞަތުތައް ހޯދުމަށް ޔުނިވަރސިޓީގެ އެތެރެއާއި ބޭރުގެ ފަރާތްތަކާ ނެޓްވާރކްކުރުން.
- ޔުނިވަރސިޓީގެ ވެބްސައިޓާއި ސޯޝަލްމީޑިއާ ވަސީލަތްތަކުން އެންމެފަހުގެ މަޢުލޫމާތާއި، ޚަބަރު ގެނެސްދޭ ވަސީލަތްތަކަށް ހެދުމާއި ޔުނިވަރސިޓީގެ ކޮމިޔުނިޓީއާއި ޒަމާނާއި ގުޅޭ ވެބްސައިޓަކަށް ހެދުމަށް މަސައްކަތް ކުރުން.
- ޔުނިވަރސިޓީގެ ޕްރޮމޯޝަނަށް ހަދަންޖެހޭ އިޝްތިހާރު ތަކުގެ ކޮންސެޕްޓް ޔުނިވަރސިޓީގެ ސީނިއަރ މެނޭޖްމަންޓާ މަޝްވަރާކޮށް ކަނޑައަޅާ ހެއްދުވުމަށް ފަހު މީޑިއާތަކުގައި ޕްރޮމޯޓް ކުރުން.
- ޔުނިވަރސިޓީގައި ލިބެންހުރި ވަސީލަތްތަކުގެ ބޭނުންހިފައިގެން ކުއްލިއްޔާ / ސެންޓަރުތަކުގެ ހަރަކާތްތައް މާކެޓްކުރުން އިތުރުކުރުމާއި، އަލަށްފަށާ ކޯސްތަކާއި ޕްރޮގްރާމްތައް، ޔުނިވަރސިޓީގެ ސިޔާސަތާއި އެއްގޮތަށް ޕްރޮމޯޓް ކުރުން.
- ޔުނިވަރސިޓީގެ ސޯޝަލްމީޑިއާ ޕްލެޓްފޯމްތައް ބަލަހައްޓާ އަޕްޑޭޓްކުރާ އިސްފަރާތުގެގޮތުގައި ހަރަކާތްތެރިވުން.
- ޔުނިވަރސިޓީގެ ޖަރނަލްތައް، ނިއުސްލެޓަރތައް އަދި އެހެނިހެން ޕަބްލިކޭޝަންތައް ޔުނިވަރސިޓީގެ ކޯޕަރޭޓް އައިޑެންޓިޓީ އާއެއްގޮތަށް ތައްޔާރުކޮށް ޝާއިޢުކުރުމުގައި ކުއްލިއްޔާ / މަރުކަޒުތަކަށް އެހީތެރިވުން.
- ޔުނިވަރސިޓީގެ އުފެއްދުންތައް ޕްރޮމޯޓްކޮށް، މާރކެޓްކޮށް އެއިން ލިބިދޭ އާމުދަނީ އިތުރުކުރުމަށް މަސައްކަތް ކުރުން.
- ޔުނިވަރސިޓީ މާރކެޓްކުރުމުގެ ގޮތުން ތަފާތު އެކި ބާވަތުގެ ޙަފްލާތަކާއި، ފެއަރތަކާއި، އޯޕަން ޑޭތަކާއި، މައުރަޒު، ވެބިނަރ، ލައިވް އިވެންޓްސް، ރޯޑްޝޯވ، ފަދަ ތަފާތު ޙަރަކާތްތައް ރޭވުމާއި އިންތިޒާމް ކުރުމާއި އަދި މިކަންކަން ކުއްލިއްޔާ / ސެންޓަރުތަކާ ގުޅިގެން ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
- މުވައްޒަފަށް ދެވޭ އަސާސީ މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސްޕެޝަލް ޑިއުޓީ އެލަވަންސް (އަސާސީ މުސާރައިގެ 35%) ދެވޭނެއެވެ.
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
- ސްޓާފް ހެލްތު އިންޝިއުރަންސް ސްކީމް ދެވޭނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ވެރިއެއްގެ ލެވެލްގައި މުއާމަލާތުކުރުމަށް ބޭނުންވާ ހުނަރު.
- މަރކެޓިންގ ކޮމިއުނިކޭޝަން މެތެޑޮލޮޖީތަކާ ގުޅޭ މައުލޫމާތު ލިބިފައިވުން.
- މުއާމަލާތުކުރުމުގެ ރަނގަޅު ހުނަރުތައް ލިބިފައިވުން.
- ކްރިއޭޓިވިޓީ އަދި އިނޮވޭޝަން.
- އެނެލެޓިކަލް ހުނަރު.
- ހަރަކާތް/އިވެންޓް/ޕްރޮޖެކްޓްތައް މެނޭޖްކޮށް ބެލެހެއްޓުމުގެ ހުނަރު.
- މުވައްޒަފުން ބެލެހެއްޓުމާއި މުވައްޒަފުންގެ ފެންވަރު ވަޒަންކުރުމުގެ ހުނަރު.
- ސޯޝަލްމީޑިއާ ޕްލެޓްފޯމްތައް މެނޭޖްކުރަން އެނގުން.
- ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަ ކަމާއެކު މުއާމަލާތު ކުރުމާއި މި ދެ ބަހުން ރަނގަޅު ފެންވަރަކަށް ލިޔެކިޔުން ތައްޔާރުކުރަން އެނގުން.
- ކޮރަލްޑްރޯ އާއި އެޑޯބް ކްރިއޭޓިވް ސުއިޓްގައި ހިމެނޭ އެޕްލިކޭޝަންތަކުން ގްރެފިކްސް އާއި އިލަސްޓްރޭޝަންސްގެ މަސައްކަތް ކުރަން އެނގުން.
- ސޯޝަލް މީޑިއާއަށް ބޭނުންވާ ވީޑިއޯ ކޮންޓެންޓް ތައްޔާރުކުރަން އެނގުން.
- މައިކްރޯސޮފްޓް އޮފީސް ޕެކޭޖްގައި ހިމެނޭ އެޕްލިކޭޝަންތައް ރަނގަޅު ފެންވަރަކަށް ބޭނުންކުރަން އެނގުން.
- ގިނަވަގުތު މުރާލިކަމާއެކު މުވައްޒަފުން ގޮވައިގެން މަސައްކަތްކުރެވޭ މީހަކު ކަމުގައިވުން.
- ޓާސްކް-ބޭސްކޮށް، ޑިޕާރޓްމަންޓްގެ ޓަރގެޓްތައް ހާސިލުކުރުމަށްޓަކާ ނަތީޖާ ނެރެން .މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
|
ވަޒީފާއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ސަނަދު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް
|
- މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚަކީ 2024 މޭ 7 ވަނަ ދުވަހުގެ 23:59 އަށެވެ. ވަޒީފާއަށް އެދި ހުށަހަޅާނީ ޔުނިވަރސިޓީގެ އެޗްއާރު އީމެއިލް [email protected] އަށެވެ.
|
ނޯޓު
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
- މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ.
- މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 2024 މޭ 8 އިން 2024 މޭ 31 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3022160 ނަންބަރު ފޯނާއެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|