މަޤާމު
|
ސެނިޓަރީ އެސިސްޓެންޓް
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
ޖީ.އެސް 1، އެސިސްޓެންޓް އޮފިސަރ ގްރޭޑް 1
|
މުސާރައާއި އިނާޔަތްތައް
|
- މުސާރަ: -/3,565 ރުފިޔާ
- ސަރވިސް އެލަވަންސް: -/1,500 ރުފިޔާ
- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމުގެ ގޮތުން މުސާރައިގެ %35
- އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
|
ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
މާލެ/ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ/ ވޯޓަރ އެންޑް ސެނިޓޭޝަން ސެކްޝަން
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- ފެނާއި ނަރުދަމާ އާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ހެދިގޮނޑުދޮށާއި ޓްރެކްސަރަހައްދުގެ ލޮނު ސާމްޕަލް ކުރުމާއި ކުރެވޭ ސާމްޕަލްތައް އޮފީސް ލެބޯޓްރީގައި ނުވަތަ ޕަބްލިކް ހެލްތު ލެބޯރަޓަރީއަށް ފޮނުވައިގެން ޓެސްޓްކޮށް ނަތީޖާ ހޯދުން.
- ރޭވިފައިވާ ގޮތުގެ މަތިން ހުޅުމާލެ އާއި ވިލިނގިލީގެ ކަނޑައެޅިފައިވާ ޕޮއިންޓްތަކުން ފެންސާމްޕަލް ކުރުމާއި އޮފީސްލެބޯޓްރީގައި ނުވަތަ ޕަބްލިކް ހެލްތު ލެބޯޓަރީއަށް ފޮނުވައިގެން ޓެސްޓް ކޮށް ނަތީޖާ ހޯދުން.
- އަތޮޅުތަކުގައި ކުރެވޭ ފެނުގެ ތަޙުލީލު ތަކަށް ބޭނުންވާ ކެމިކަލްތަކާއި އިކުއިޕްމެންޓް ރައްކާތެރިކަމާއެކު ގެންގޮސް ގެނައުން.
- މާލެއާއި އަތޮޅުތެރޭގައި ކުރެވޭ ސާރވޭތަކަށް ސައިޓަށް ގެންދާ އިކްއިޕްމަންޓްތައް އަނބުރާ އޮފީހަށް ގެނެސް ދޮވެ ސާފުކޮށް ރައްކާތެރިކަމާއެކު ލެބޯރަޓަރީއަށް ވެއްދުން.
- އަތޮޅުތަކުގައި ފެންތަހުލީލު ކުރުމަށް ކުރެވޭ ދިރާސާ ތަކާއި ސަރވޭތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
- މިއެޖެންސީއިން ރަށްރަށުގައި ހިންގާ ފެނާބެހޭ މަޝްރޫޢުތަކުގައި ޢަމަލީގޮތުން ބައިވެރިވުން
- މި އޭޖެންސީ އިން އަންގާ ގޮތެއްގެ މަތިން މާލެއާއި ރާއްޖެތެރޭގެ އެކި ސަރަހައްދުތަކުން ފެންސާމްޕަލްކޮށް އޮފީސް ލެބޯޓްރީގައި ނުވަތަ ޕަބްލިކްހެލްތު ލެބޯރަޓަރީއަށް ފޮނުވައިގެން ތަހުލީލު ކުރުން.
- ބިމުން ފެންނަގައި ފެން ބޭރުކުރުމުގެ ގަވަޢިދުގެ ދަށުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ގަވައިދާ ޚިލާފަށް އެފަދަ މަސައްކަތް ކުރަމުންދޭތޯ ބެލުމާއި ހުއްދަ ދެވިފައިވާ ތަންތަން ދެވިފައިވާ މުއްދަތަށް ނިންމާތޯ ބެލުމާއި ގަވައިދާ އެއްގޮތަށް ކުރެވޭތޯ ބެލުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އެޖެންސީގެ ނަންބަރު 3335949 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- މައިކްރޯ ސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.
- ދިވެހި ބަހާއި، އިނގިރޭސި ބަހުން މުއާމަލާތުކުރުމަށް އެނގުމާއެކު، ފަރިތަކަމާއެކު ސިޓީފަދަތަކެތި ލިޔަން ދަންނަ ފަރާތަކަށް ވުން.
- ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
- މި ދާއިރާގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދިނުން.
- ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަރވިއު ކުރުން.
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި އެޖެންސީގެގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިއެޖެންސީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10ށް ވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
- ސުންގަޑި: 5 މޭ 2015 ވާ އަންގާރަދުވަހުގެ 12:00 ގެ ކުރިން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް،
- މި މަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި، އިޢުލާނުގެ މުއްދަތު ހަމަވާތާ 01 މަސްދުވަހުގެ (ބަންދު ދުވަސްތައް ނުހިމަނައި) ތެރޭގައި އެންގޭނެއެވެ.
|
07 ރަޖަބު 1436
|