ދިވެހިރާއްޖެ
އިޢުލާން
ފޮއްދޫ ޕްރީ ސްކޫލުގައި ކިޔަވައިދޭނެ މުދައްރިސުން އަދި ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން |
މި އިދާރާގެ ފަރާތުން ހންގާ ނާސަރީ އަދި ބޭބީ ނާސަރީ ކުލާހުގައި ކިޔަވައިދިނުމުގެ ޚިދުމަތް ދިނުމަށްޓަކައި ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހުން ބޭނުންވެއެވެ.
މުދައްރިސް
ބޭނުންވާ ޢަދަދު: 02
މުސާރަ: މަހަކު -/4000
ޝަރުތު: ކިޔަވައިދިނުމުގެ މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ސާނަވީ އިމްތިހާނުތަކުން ދެމާއްދާއިން ދަށްވެގެން، ޑީ ފާސްލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް އިމްތިހާން އިން "ދިވެހި" މާއްދާއިނ ސީ ފާސް ލިބިފައިވުން.
ނުވަތަ ތުއްތު ކުދިންނަށް ކިޔަވައިދިނުމުގެ މަސައްކަތް ކޮށްފައިވާ، އެކަމަށް ޝައުޤު ހުރި ފަރާތެއް ކަމުގައިވުން.
މަސައްކަތް ކުރަންޖެހޭ ވަގުތު: މަސައްކަތް ކުރަންޖެހޭ ވަގުތު ޕްރީސްކޫލު ފެށުމުން ކަނޑައެޅިގެންދާނީ، ދުވާލަކު 7 ގަޑި އިރަށްވުރެ އިތުރު ނުވާނެ ގޮތުގެ މަތިން، މީގެ އިތުރުން މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ލިބޭނެއެވެ.
ފޮޅާ ސާފުކޮށްދޭނެ ފަރާތެއް
ބޭނުންވާ ޢަދަދު: 01
މުސާރަ: މަހަކު -/2500
ޝަރުތު: އަރަބި ތާނަ ލިޔަންކިޔަން އެނގުމާއެކު، ކުޑަކުދިން ގެންގުޅެވޭ ފަދަ މީހަކަށް ވުން.
މަސައްކަތް ކުރަންޖެހޭ ވަގުތު: މަސައްކަތް ކުރަންޖެހޭ ވަގުތު ޕްރީސްކޫލު ފެށުމުން ކަނޑައެޅިގެންދާނީ، ދުވާލަކު 7 ގަޑި އިރަށްވުރެ އިތުރު ނުވާނެ ގޮތުގެ މަތިން، މީގެ އިތުރުން މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ލިބޭނެއެވެ.
ވީމާ، މި ވަޒީފާތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅާ ވަޒީފާ އެނގޭ ގޮތަށް ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި އެކު 15 މެއި 2024 ދުވަހުގެ 14:00 ކުރިން މި އިދާރާ އަށް ސިޓީ ހުށަހެޅުން އެދެމެވެ.
ވީމާ މިކަން އާންމުކޮން އެންގުމަށްޓަކައި އިޢުލާންކުރަމެވެ.