ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ލައިބްރޭރިއަން

މަޤާމުގެ ނަން: ލައިބްރޭރިއަން

މުސާރަ: -/6295 ރުފިޔާ

ސާރވިސް އެލަވަންސް: -/2000 ރުފިޔާ

ރޭންކް: އެމް.އެސް 2

ކްލެސިފިކޭޝަން:  ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު: 1

ސެކްޝަން: ކަލެކްޝަން އެންޑް ސާރވިސަސް ސެކްޝަން

މަސައްކަތް ކުރަންޖެހޭ ތަން: ޤައުމީކުތުބުޚާނާ، މާލެ.

ޝަރުޠު:

  • ލައިބްރަރީގެ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ލައިބްރަރީ ދާއިރާގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ލައިބްރަރީގެ ދާއިރާއަކުން ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ލައިބްރަރީ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ލައިބްރަރީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  • ލައިބްރަރީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ނޯޓް: މިމަޤާމަށް މީހުން ހޮވުމުގައި ލައިބްރަރީ ދާއިރާގެ ތަޢުލީމާއި ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ކަލެކްޝަންތައް ބަލަހައްޓަން ތިބޭ މުވައްޒަފުންގެ މަސައްކަތް (ޝެލްފް ތަރުތީބުކުރުން އަދި ހަވާލުކޮށްފައިވާ އެހެން މަސައްކަތް، މިސާލަކަށް އިންޑެކްސްކުރުން) ދުވަހުން ދުވަހަށް ސުޕަވައިޒްކުރުން.
  • ކަސްޓަމަރުން ހޯދަންއެދޭ މަޢުލޫމާތުތަކާއި، ލައިބްރަރީއަށް ޒިޔާރަތްކުރާ ފަރާތްތައް، މެމްބަރޝިޕް ރެޖިސްޓްރޭޝަން އަދި އެހެނިހެން މުހިންމު ސްޓެޓިސްޓިކްސް ޝީޓް އެކުލަވާލުމުގެ މަސައްކަތްކުރުވުން. އަދި މިގޮތުން ލިބޭ މަޢުލޫމާތު ރިކޯޑުކުރޭތޯބަލާ، އެނަލައިޒްކޮށް ޔުނިޓު ހެޑަށް ހިއްސާކުރުން.
  • ކަސްޓަމަރުންނަށް މަޢުލޫމާތު ހޯދައި ދިނުމަށްޓަކައި އޯޕެކްގެ އެހީގައާއި އެހެނިހެން ގޮތްގޮތުން ކަސްޓަމަރުންނަށް ލަފާދީ މަޢުލޫމާތު ހޯދައިދިނުމުގައި އެހީތެރިވުުން.
  • އިންޓަރނެޓް މެދުވެރިކޮށް ދެވޭ ޚިދުމަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.
  • ކަސްޓަމަރުންގެ ފަރާތުން ދިމާވާ މައްސަލަތައް ހައްލުކުރުން، އަދި ވަގުތުން ޙައްލު ނުކުރެވޭވަރުގެ މައްސަލައެއް ދިމާވެއްޖެނަމަ ޔުނިޓްގެ ހެޑަށް އަންގައި ހައްލުކޮށް އޭގެރިކޯޑް ބެލެހެއްޓުން.
  • ލައިބްރަރީ އޮރިއެންޓޭޝަން ޕްރޮގްރާމް ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތައް:

  • ސިވިލްސާރވިސްގެ ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
  • ސިވިލް ސާރވިސް ކޮމިޝަނުން ނެރެ ޝާއިޢުކޮށްފައިވާ، ސިވިލް ސާރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް – 1 ފެބުރުވަރީ 2012 ގައިވާ، "މެނޭޖީރަލްް ސާރވިސްގެ މަޤާމުތަކަށް މުވައްޒަފުން އައްޔަން ކުރުމުގެ ކުރައިޓީރިއާ (އެމް.އެސް 1 އިން އެމް.އެސް 4 އަށް) ގައިވާ ގޮތުގެ މަތިން:
  1. ތަޢުލީމާއި ތަމްރީން %50
  2. މަސައްކަތުގެ ތަޖުރިބާ % 16
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް %34

އިންޓަރވިއު: މި މަޤާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަނުވާ ފަރާތްތަކަށް، އިޢުލާނުގެ މުއްދަތު ހަމަވާތާ، މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އަދި މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 20 ދުވަހުގެ ތެރޭގައި ޤައުމީ ކުތުބުޚާނާގައި އޮންނާނެއެވެ. މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާ ދުވަސް، މި މުއްދަތުގެ ތެރޭގައި، 3 ދުވަސް ކުރިން އެންގޭނެއެވެ.

އުޖޫރައާއި އިނާޔަތްތައް: އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓް ކުރެވިފައިވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • އިންޓަވިއުއަށް ހާޒިރުވާއިރު ލިބިފައިވާ ސެޓްފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

ފޯމު ފޮނުއްވަންވީ ތާރީޚު: 2015 މޭ 10 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން ޤައުމީކުތުބުޚާނާ އަށް. (މެދުޒިޔާރަތްމަގަށް ހުންނަ ދާރުލްއާޘާރުގެ އިމާރާތް)

ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (ޤައުމީ ކުތުބުޚާނާގެ ކައުންޓަރުން، ވެބްސައިޓް www.nlm.gov.mv އިން އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ފޯމް ލިބެން ހުންނާނެއެވެ. )

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، ރަސްމީ ގަޑީގައި، 3323943 ނަންބަރު ފޯނާއެވެ. 

08 ރަޖަބު 1436

27 އޭޕްރިލް 2015
ހޯދާ