ދިވެހިރާއްޖެ
ޔުނިވަރސިޓީގެ އިނގިރޭސި އެންޓްރަންސް އިމްތިޙާނުގެ 2 ވަނަ ބުރު ބޭއްވުމާބެހޭ
ޔުނިވަރސިޓީގެ ކޯސްތަކުގެ ތެރެއިން ބައެއް ކޯސްތަކަކީ އެ ކޯސްތަކަށް ވަނުމަށް ވަކި ފެންވަރެއްގެ އިނގިރޭސި ބަހުގެ ފާހެއް އޮތުން ލާޒިމް ކުރެވިފައިވާ ކޯސްތަކެކެވެ. އެހެންކަމުން ޔުނިވަރސިޓީގެ ކޯސްތަކުން ޖާގަދިނުމާބެހޭ ސިޔާސަތުގައިވާ ގޮތުން، އިނގިރޭސިބަހުގެ ފާހެއް އޮތުން ލާޒިމުވާ ކޯސްތަކަށް އެދި ފޯމު ހުށަހަޅާ އިރު، ކަނޑައެޅިފައިވާ ފެންވަރުގެ އިނގިރޭސި ފާހެއް ހާސިލުކުރެވިފައިނުވާ ފަރާތްތަކުން ޔުނިވަރސިޓީގެ އިނގިރޭސި އެންޓްރަންސް އިމްތިޙާނުން ފާސްވެފައިވާކަން އެނގޭނެ ލިޔުމެއް އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަން ވާނެއެވެ. އެގޮތުން 2015 ވަނައަހަރު ގެ ދެވަނަ ޓާރމުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް އަމާޒުކޮށްގެން ބޭއްވޭ އެންޓްރަންސް އިމްތިޙާނުގެ ދެވަނަ ބުރު 05 މޭ 2015 ގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
އިމްތިޙާނުގައި ބައިވެރިވާ ފަރާތުގެ ސަމާލުކަމަށް:
އިނގިރޭސި އެންޓްރަންސް އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހުން އަދި www.mnu.edu.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
އިމްތިޙާނުގެ ފީއަށްވާ -/500 ރުފިޔާ (ފައްސަތޭކަ ރުފިޔާ) 05 މޭ 2015 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހުގެ 14:00ގެ ކުރިން އިދާރީ މަރުކަޒުގައި ހުންނަ ރެވެނިއު ސެކްޝަނަށް ދައްކައި، ފޯމު ފުރިހަމަކުރައްވާ އިނގިރޭސި އެންޓްރަންސް އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމާއެކު އައިޑީ ކާޑުގެ ކޮޕީއެއް ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހަށް ހުށަހަޅަންވާނެއެވެ.
އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމާއި، ފީ ދެއްކުން އަދި އިމްތިޙާނު ހެދުން ޔުނިވަރސިޓީގެ ކޮންމެ ކެމްޕަހެއްގައިވެސް ކުރިއަށްދާނެއެވެ. އިމްތިޙާނުގެ ނަތީޖާ 7 މޭ 2015 ވާ ބުރާސްފަތި ދުވަހުން ފެށިގެން ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހުން ދޫކުރެވޭނެއެވެ.
08 ރަޖަބު 1436