ހަންޏާމީދޫ ސްކޫލް، އދ. ހަންޏާމީދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފާޚާނާތައް މަރާމާތުކުރުން
މި ސްކޫލްގެ ދަރިވަރުން ބޭނުންކުރަމުންދާ ފާޚާނާތައް މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ:
- މި ސްކޫލްގެ ދަރިވަރުން ބޭނުންކުރަމުންދާ ފާޚާނާތައް މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރ 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުންދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
- މިބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން، 29 އޭޕްރީލް 2024 އިން 6 މެއި 2024 ދުވަހުގެ 13:00 އާއި ހަމައަށް، ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
- މިމަސައްކަތާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެސަން 7 މެއި 2024 ވާ އަންގާރަ ދުވަހުގެ 11:30 ގައި އަދި ބީލަން ހުށަހެޅުން 8 މެއި 2024 ވާ ބުދަ ދުވަހު 11:00 ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ.
- މިޕްރޮޖެކްޓާއިގުޅޭ ބީލަން ފޮތް މި ސްކޫލުން ލިބެން ހުންނާނެއެވެ.
ހަންޏާމީދޫ ސްކޫލް / އދ.ހަންޏާމީދޫ
ފޯން: 6680837
އީ-މެއިލް: [email protected]
19 ޝައްވާލް 1445
28 އޭޕްރިލް 2024
ހޯދާ