ދިވެހިރާއްޖެ
އެމްޓީސީސީ ވިލިނގިލި ފެރީ ޓާމިނަލްގައި ޤާއިމްކުރެވިފައިވާ ޓަކްޝޮޕް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: MTCC-PD/IU/2024/0071 (08 އޭޕްރިލް 2024) އިޢުލާން ބާތިލްކޮށް މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްސީލު |
ތާރީޚް |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
09 މެއި 2024 |
ބުރާސްފަތި |
10:00 |
އަންދާސީ ހިސާބު ހުށަހެޅުން |
16 މެއި 2024 |
ބުރާސްފަތި |
10:00 |
މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.