މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ފެނުގެ ކަނެކްޝަން އެޅުމަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ނ.މިލަދޫގައި  ސަރުކާރުން ޤާއިމުކުރާ ފެނުގެ ނިޒާމުގެ މަޝްރޫޢުގެ ދަށުން ފެނުގެ ކަނެކްޝަން ގޭގެއަށް ގުޅައިދިނުމަށް އެދި ގޭގެ ވެރިފަރާތުން އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު މިއަދުންފެށިގެން ފެށިގެން 01 ޖޫން 2024 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ.

ފެނުގެ ކަނެކްޝަނަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމު  ސަރުކާރު ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށް މިއިދާރާގައި ހަމަޖެހިފައިވާ ކަމުގައިވެސް ދަންނަވަމެވެ. އޮންލައިންކޮށް ފޯމް ހުށަހެޅުމަށް ބޭނުންވެލައްވާ ފަރާތްތަކުން [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންވެލައްވާ ނަމަ މިއިދާރާގެ ނަންބަރު 7470014 ފޯނަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

28 އޭޕްރިލް 2024
ހޯދާ