ދިވެހިރާއްޖެ
އިޢުލާން
ނަމްބަރ: GS039/2024/06
އަންދާސީ ހިސާބު ހުށައެޅުމުގެ ދަޢުވަތު
މިސްކޫލްގެ ހަތަރު ފާޚާނާ މަރާމާތުކުރުމުގެ މަސައްކަތް ސްކޫލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާމިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 މެއި 02 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ، 2024 މެއި 07 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން ސްކޫލް އޮފީހަށް ދުރުވެ ދެއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑް ގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
28 އެޕްރިލް 2024