ދިވެހިރާއްޖެ
މިކުންފުނީގެ ނަންބަރު: PRC/I-2015/24ފ-113 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
މީރުބަހުރު ބަނދަރުގެ ފިހާރައެއް ބީލަމުގައި ކުއްޔަށް ދޫކުރުން
މީރުބަހުރު ބަނދަރުގެ ފިހާރައެއް ބީލަމުގައި ކުއްޔަށް ދޫކުރަން ބޭނުންވެއެވެ. ވީމާ، މި ފިހާރަ ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ސިޓީލާ ބީލަމުގައި މި ފިހާރަތައް ކުއްޔަށް ދޫކުރަން ހުޅުވާލަމެވެ.
އިތުރު ތަފުސީލު
ބީލަން ހުށަހެޅޭނެ ފަރާތްތައް: މިބީލަމުގައި ބައިވެރިވެވޭނީ، ބީލަން ހުށަހަޅާ ތާރިޚާއި ހަމައަށް އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ދިވެހި ރައްޔިތުންނަށާއި، ދިވެހި ރައްޔިތެއްގެ ހިއްސާ އޮންނަ ކުންފުނި ނުވަތަ ވިޔަފާރިއަކަށެވެ.
ކުއްޔަށް ދޭ ފިހާރައިގެ ތަފުސީލު:
- ފިހާރައިގެ އަދަދު: 01 (އެކެއް)
- ފިހާރަ ނަންބަރު: ޝޮޕް ނަންބަރު 4
- ތަނުގެ ބޮޑުމިން: 475 އަކަފޫޓު، 25 ފޫޓު ދިގު، 19 ފޫޓު ފުޅާ
- ފެނާއި ކަރަންޓް: މީޓަރަކުން ކަރަންޓް، އަދި ފެންލިބޭ ގޮތަށް
- ފަރުނީޗަރު: އެއްވެސް ފަރުނީޗަރަކާ ނުލައި
ކުއްޔަށް ދޫކުރެވޭ މުއްދަތު: ބީލަން ކާމިޔާބުކުރާ ފަރާތަކަށް ފިހާރަ ކުއްޔަށް ދޫކުރެވޭނީ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.
ބީލަމުގައި ރަޖިސްޓްރީ ވުން
- ބީލަން ހުށަހަޅަން ބޭނުންވާ ފިހާރަޔަށް ރަޖިސްޓްރީ ކުރަންޖެހޭނެއެވެ.
- ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެމް.ޕީ.އެލްގައި -/5,000ރ (ފަސްހާސް ރުފިޔާ)ގެ ނޮން ރިފަންޑަބަލް ޑިޕޮޒިޓެއް ބަހައްޓަން ޖެހޭނެއެވެ.
- ބީލަމުގައި ބައިވެރިވުމުގެ މުއްދަތު: 30 އެޕްރީލް 2015 އިން 7 މޭ 2015 އަށް
- ބީލަމުގައި ބައިވެރި ވުމަށް ނަން ނޯޓް ކުރުމަށްޓަކައި ތިރީގައި ބަޔާން ކުރެވިފައިވާ ތަކެތި އެމް.ޕީ.އެލް ރެވެނިއު ކައުންޓަރަށް ހުށަހަޅަންވާނެއެވެ.
- އަމިއްލަ ފަރުދެއްނަމަ އައި.ޑީ ކާޑު ކޮޕީ
- ކުންފުންޏެއްނަމަ ކުންފުނި ރަޖިސްޓްރީ ކޮޕީ އަދި ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ
- ކުންފުނި ރެޕްރެސެންޓް ކުރާނެ ފަރާތެއް ކަނޑައަޅާފައިވާ ކުންފުނީގެ ޤަރާރު
ބީލަން ފެށޭ އަގު: ބީލަން ފެށޭ އަގަކީ މަހަކު -/60,000 ރުފިޔާއެވެ.
ބީލަމަށް މަދުވެގެން އިތުރު ކުރުވޭނެ އެންމެ ދަށް އަދަދު: ބީލަމަށް ހުށަހެޅިފައިވާ އެންމެ މަތީކުއްޔަށް އިތުރުކުރެވޭނީ މަދުވެގެން -/1،000 ރުފިޔާއެވެ.
ބީލަން ނިންމުމާއި އެވޯޑުކުރުން
- ބީލަމުގެ އަގު ހުށަހަޅާފަރާތް ތަކުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ބީލަން ނިންމޭނެއެވެ.
- ބީލަން ކާމިޔާބުކުރި ފަރާތުން ތަން ދޫކޮށްލައިފިނަމަ، 2ވަނަ އަށް ހޮވިފައިވާ ފަރާތަކާއި އެކު ހަމަޖެހިފައިވާ އުސޫލުން ކުރިއަށް ގެންދެވޭނެއެވެ.
- 2ވަނަ އަށް ހޮވޭފަރާތުން ތަން ދޫކޮށްލައިފިނަމަ، ތަން ދޫކޮށްލި 2ފަރާތް ނުހިމަނާ ދެންތިބި ފަރާތްތަކަށް އެފަރާތްތަކުން ކުރިންލީ ބީލަމަށްވުރެ ބޮޑުކޮށް ބީލަން ހުށަހެޅުމަށް ފުރުޞަަތު ދެވޭނެއެވެ.
- ބީލަން ހުށަހެޅިފަރާތްތަކުގެ ތެރެއިން 2 (ދޭއް) ފަރާތަކުން ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުން ހުށަހަޅާ ކުލި އެއްވަރު ވެއްޖެނަމަ ކުލި އިތުރުކުރުމުގެ ފުރުޞަތު އެފަރާތްތަކަށް ދެވޭނެއެވެ. އަދި މިފުރުސަތުގައި ވެސް ހުށަހަޅާފައިވާ ކުއްޔަށް އިތުރު ބަދަލެއް ނައިސްފިނަމަ އެފަރާތްތަކުގެ މެދުގައި ގުރުއަތުލައި، ހޮވޭ ފަރާތަކަށް އެވޯޑްކުރެވޭނެއެވެ.
- ބީލަން ނިމުމުން އެންމެމަތީ ކުލި ހުށަހެޅި ފަރާތަށް ބީލަން ކާމިޔާބުވެއްޖެ ކަމުގެ ލިޔުމެއް ދޫކުރެވޭނެއެވެ. ބީލަން ކާމިޔާބުވި ފަރާތަށް އެލިޔުން ދޫކުރާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި ކުލީގެ އެއްބަސްވުމުގައި އެމް.ޕީ.އެލްއާ އެކު ސޮއިކުރަންވާނެއެވެ.
ކުލި ހުށަހެޅުން
- އަގު ހުށަހަޅަންވާނީ އެކަމަށް ކަނޑައެޅިފައިވާ ބީލަން ފޯމުގައެވެ. އަދި މި ފޯމު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ކުއްޔަށް ހިފަން ބޭނުންވާ ތަން އެގޭނެހެން "ބީލަމުގައި ބައިވެރި ވުމަށް އެދި" ލިޔެވިފައި އޮންނަންވާނެއެވެ.
- ހުށަހަޅާ ކުލި ސާފުކޮށް އެނގޭނެހެން ހިސާބު އަކުރުންނާއި ތާނަ އަކުރުން އަދަދު ތަފާތު ނުވާނެހެން ލިޔެފައި އޮންނަންވާނެއެވެ.
- ބީލަން ހުށަހެޅުން އޮންނާނީ 11 މޭ 2015 ވާ ހޯމަދުވަހުގެ 14:00 ގައި އެމް.ޕީ.އެލް ސަރވިސްބިލްޑިންގ މީޓިންގރޫމްގައެވެ.
ތަނުގައި ބޭނުންކުރާ ތަކެތި ބެލެހެއްޓުމާއި މަރާމާތް: ކޮންޓްރެކްޓްގެ މުއްދަތުގެ ތެރޭގައި ތަނަށްކުރަންޖެހޭ ހުރިހާ ޚަރަދަކާއި، މަރާމާތަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރަންޖެހޭނީ ފިހާރަ ހިންގާ ފަރާތުންނެވެ.
އިންޝުއަރެންސް، ޖޫރިމަނާ އަދި ގެއްލުމުގެ އަގު
- ފިހާރަ ހިންގުމާއި ގުޅިގެން ތަނަށް، ނުވަތަ ތަކެތި، ނުވަތަ މީހުންނަށް ކުރަންޖެހޭ އެއްވެސް އިންޝުއަރެންސެއް ކުރަންޖެހިއްޖެނަމަ އެ ކަމެއް ކުރާނީ ފިހާރަ ކުއްޔަށް ހިފާ ފަރާތުންނެވެ.
- ސަރުކާރުގެ އެއްވެސް ގަވާއިދަކާ ޚިލާފުވެގެން ފިހާރަ ޖޫރިމަނާއެއް ކޮށްފިނަމަ، އެ ޖޫރިމަނާ ދައްކާނީ ކުއްޔަށް ހިފާ ފަރާތުންނެވެ.
އަންގާ އެންގުންތައް
- އެމް.ޕީ.އެލް އިން ފިހާރަ ކުއްޔަށް ހިފާ ފަރާތަށް އަންގަންޖެހޭ ހުރިހާ އެންގުމެއް އަންގަންވާނީ ލިޔުމުންނެވެ. އަދި އެ ލިޔުން ލިބެންވާ ފަރާތަށް ލިބުނުކަން އެގޭނެ ގޮތެއްގެ މަތިންނެވެ.
- ކުއްޔަށް ހިފާ ފަރާތުން އެމް.ޕީ.އެލް އަށް ހުށަހަޅަންޖެހޭ ހުރިހާ ހުށަހެޅުމެއް ހުށަހަޅަންވާނީ ލިޔުމުންނެވެ.
މަހު ކުލި
- ފިހާރައިގެ ކުލީގެ އެގްރީމަންޓް ކުރެވޭއިރު 2 މަސްދުވަހުގެ ކުލީގެ އަދަދަށްވާ ފައިސާ ތިރީގައި ބަޔާންކުރެވިފައިވާ އުސޫލުން ނެގޭނެއެވެ.
- ހިނގާމަހުގެ އެޑްވާންސް ކުލި.
- ކުލީގެ އެގްރީމަންޓް ހަމަވުމުން ނުވަތަ ނިމުމަކަށް ގެނައުމުން އެގްރީމަންޓްގައި ކަނޑައެޅިފައި އޮންނަ އުސޫލުން އަނބުރާ ދޭގޮތަށް ނެގޭ 1 މަސްދުވަހުގެ ކުއްޔަށްވާ ޑިޕޮޒިޓް ފައިސާ.
- މަހުކުލި އަބަދުވެސް ނެގޭނީ އެމަހެއްގެ ކުރިއަށެވެ.
- ކުލީގެ ގޮތުގައި ނެގޭ އަދަދު ކޮންމެ މީލާދީ މަހެއްގެ 10 ގެ ކުރިން އެމް.ޕީ.އެލްގެ ފައިނޭންސް ޑިޕާޓްމަންޓަށް ދައްކަންވާނެއެވެ.
ބީލަން ހުށަހަޅާއިރު ހުށަހަޅަންޖެހޭ ތަކެތި: ބީލަން ފޯމު.
މަޢުލޫމާތު ސާފުކުރުން
- މި އިޢުލާނާ ގުޅިގެން ކުއްޔަށް ދޫކުރާ ފިހާރަތައް ބަލަން ބޭނުންވާ ފަރާތްތަކުން 3006545 އަށް ގުޅުމުން ފިހާރަތައް ބެލުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑީޕާޓްމަންޓް ފޯނު ނަންބަރު 3329339 އަދި އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުމުން ސާފުކުރަން ބޭނުންވި މަޢުލޫމާތު ލިބޭނެއެވެ.
އިތުރު ބަޔާން
- މަތީގައި ބަޔާންކުރެވުން ބީލަމުގައި އެމްޕީއެލްގެ ބޯޑު ޑިރެކްޓަރެއް ނުވަތަ މުވައްޒަފެއް ނުވަތަ އެދެފަރާތުގެ ޢާއިލާގެ ބޭފުޅެއް (ޢާއިލާ މާނަ ކުރަނީ މަންމަ، ބައްޕަ، ފިރިން، އަނބިން، ދަރިން ނުވަތަ އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނެވެ.) އަދި އެފަރާތެއް ހިއްސާވާ ކުންފުންޏެއް ނުވަތަ ވިޔަފާރި އަކަށްވެސް މި ބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
- މި ފިހާރަ ހިންގަންވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުން ކަނޑައަޅާފައިވާ ވިޔަފާރި ކުރުމުގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތީންނެވެ.
- ކުއްޔަށް ހިފާ ފަރާތްތަކަށް މި ފިހާރައިގައި ކެފޭ، ރެސްޓޯރެންޓް، ސައިހޮޓާ، ވާރކްޝޮޕް، ގުދަން، ދިރިއުޅުމަށް، ހޮޓާ، ގެސްޓްހައުސް ފަދަ ކަންކަމަށް ބޭނުންނުކުރެވޭނެއެވެ.
11 ރަޖަބު 1436