ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ދިއްދޫ ހުޅަނގު އުތުރު އޮޑިއެހެލާ ސަރަހައްދުގެ (ހޯރަ އޮޑިހަރުގޭގެ) އުތުރުން ގިނަދުވަސްތަކެއް ވަންދެން އަޅާނުލާ ދޫކޮށްލާފައިވާ އޮޑީގެ ވެރިފަރާތެއް ހޯދުމާއި އެ ސަރަޙައްދުން އޮޑި ނެގުމާގުޅޭ

ހއ. ދިއްދޫ ހުޅަނގު އުތުރު އޮޑިއެހެލާ ސަރަޙައްދުގެ (ހޯރަ އޮޑިހަރުގޭގެ) އުތުރުން ހަރުގެއާ ކައިރީގައި ގިނަ ދުވަސްވަންދެން އަޅާނުލާ އޮތުމުގެ ސަބަބުން ވަޅުޖެހި ވީރާނަވަމުންދާ އޮޑީގެ ވެރިފަރާތެއްވާނަމަ މިއަދުން ފެށިގެން  2024 މެއި 28 ގެ ނިޔަލަށް އޮޑީގެ ވެރިފަރާތެއްކަން އިނގޭނެ ލިޔުމަކާއެކު މި ކައުންސިލަށް ޙިއްސާކުރުމަށް އަންގަމެވެ. އަދި އޮޑީގެ ވެރިފަރާތެއްވާނަމަ އެފަރާތަކުން އެ ސަރަޙައްދުން ދެންނެވުނު މުއްދަތުގައި އޮޑި ނަގައި ތަން ހުސްކުރުމަށް އަންގަމެވެ.

މި އިއުލާނުގެ ސުންގަޑި ހަމަވާފަހުން އޮޑި ނުނަގާފިނަމަ ނުވަތަ އޮޑީގެ ވެރިފަރާތުގެ މަޢުލޫމާތު މި ކައުންސިލާ ޙިއްސާކޮށްފައިނުވާނަމަ، ޤަވާއިދު ނަންބަރު 2013/R-160 (ޢާންމުތަންނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު) ގެ ދަށުން އޮޑިއަކީ ދޫކޮށްލެވިފައިވާ އެއްޗެއްކަމުގައި ކަނޑައެޅި އެ ސަރަޙައްދުން އޮޑި ނެގުމާއި ހަމަޖެހިފައިވާ އުޞޫލުން އޮޑި ނައްތާލުމުގެ މަސައްކަތް ކުރެވޭނެކަމުގައި ދަންނަވަމެވެ. އަދި އިއުލާނުގައި ދެވިފައިވާ މުއްދަތުގައި އޮޑި ނުނެގުމުގެ ސަބަބުން މި ކައުންސިލުން އޮޑި ނެގުމުގައާއި ނައްތާލުމުގައި ލިބިދާނެ ގެއްލުމަކަށް ޒިންމާނުވާނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

28 އޭޕްރިލް 2024
ހޯދާ