ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ގޮނޑި އަދި މޭޒު ކުއްޔަށް ދޫކުރުމާ ގުޅޭ އުޞޫލު

       ތިރީގައިވާ އުޞޫލާއި އެއްގޮތަށް ކައުންސިލް އިދާރާގެ ގޮނޑި އަދި މޭޒު ކުއްޔަށް ދޫކުރުމަށް ކައުންސިލްގެ ނަންބަރު 48/2024 ނިންމުމުން ވަނީ ފާސްކޮށްފައެވެ.

      ވީމާ، 25 އޭޕްރީލް 2024ން ފެށިގެން ކައުންސިލުން މި ތަކެތި ދޫކުރެވޭނީ މި އުޞޫލާއި އެއްގޮތަށް ކަމުގައި އާންމުކޮށް އިޢުލާން ކުރީމެވެ.

      މި ތަކެތި ކުއްޔަށް ހިފަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި ހިންނަވަރު ކައުންސިލް އިދާރާގެ ނަންބަރ 6620301 އާ ގުޅުއްވުމުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން އުޞޫލާ އެއްގޮތަށް ތަކެތި ދޫކުރެވިގެން ދާނެއެވެ.

ކައުންސިލުން ގޮނޑި އަދި މޭޒު ކުއްޔަށް ދޫކުރާ ރޭޓް

ރޭޓް

ތަކެތި

ގޮނޑިއަކަށް 2ރ (1 ގަޑިއިރަށް)

ޕްލާސްޓިކް ކަޅު ގޮނޑި (އަތްގަނޑުލީ)

ގޮނޑިއަކަށް 1ރ (2 ގަޑިއިރަށް)

ޕްލާސްޓިކް ހުދު ގޮނޑި (އަތްގަނޑުނުލާ)

މޭޒަކަށް 5ރ (1 ގަޑިއިރަށް)

ދިގު މޭޒު (ލަކުޑި)

މޭޒަކަށް 5ރ (1 ގަޑިއިރަށް)

ހަތަރެސްކަން މޭޒު (ލަކުޑި)

 

ނޯޓް: މަތީގައި ދެންނެވިފައިވާ ތަކެތި،ދޫކުރުމަށް ހަމަޖެހިފައިވަނީ ހަލާކުވެއްޖެނަމަ ނުވަތަ ގެއްލިއްޖެނަމަ ނުވަތަ އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ އެއެއްޗެއްގެ ބަދަލުގައި އެފަދަ އެއްޗެއް ނުވަތަ އެއެއްޗެއް ބާޒާރުން އެއިރަކު ލިބެންހުރި އަގު ކައުންސިލް އިދާރާއަށް ދައްކާގޮތަށެވެ. އެގޮތުން ބަދަލުގައި ގެންނަ އެއްޗަކީ ކައުންސިލް އިދާރާއިން ޤަބޫލުކުރާ އެއްޗަކަށް ވާންޖެހޭނެއެވެ. އަދި ތަކެތި އަނބުރާ ގެންނަތާ ލަސްވެގެން 30 ދުވަހުގެ ތެރޭގައި ހަލާކުވިއެއްޗެއް ނުވަތަ ގެއްލުނު އެއްޗެއްގެ ބަދަލުގައި ގެންނަ އެއްޗެއް ނުވަތަ އެއެއްޗެއްގެ އަގު ކައުންސިލް އިދާރާއަށް ދައްކަންވާނެއެވެ.

25 އޭޕްރިލް 2024
ހޯދާ