ދިވެހިރާއްޖެ
ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅީފަޅަށް ބަދަލުވުމަށް މި މިނިސްޓްރީގެ ނަންބަރު IUL)471-DNPS2/471/2024/37 ( އިޢުލާންއާއެކު ހުޅުވާލާފައިވާ ފުރުޞަތުގެ ދަށުން އެކަމަށް އެދި ހުށަހެޅުއްވި ފަރާތްތަކުގެ ތަފްސީލް ތިރީގައި އެވަނީއެވެ.
ގޯތީގެ ބޮޑުމިން |
އިއުލާންކުރެނު ގޯތީގެ އަދަދު |
އެދިލައްވާފައިވާ ފަރާތްތަކުގެ އަދަދު |
1250 އަކަފޫޓު |
193 |
928 |
1650 އަކަފޫޓު |
663 |
769 |
2050 އަކަފޫޓު |
487 |
213 |
2450 އަކަފޫޓު |
4 |
3 |
އިއުލާންކުރެވުނު ގޯތީގެ އަދަދާއި އެކަމަށް އެދި ހުށަހެޅުއްވި ފަރާތްތަކުގެ އަދަދަށް ރިއާޔަތްކޮށް، 2450 އަކަފޫޓު އަދި 2050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހަޅުއްވާފައިވަނީ ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުންކަމުގައިވާތީވެ، ގުރުއަތުލުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 1250, 1650 އަކަފޫޓުގެ ގޯތި ލިބިފައިވައިފަރާތްތަކުގެ މެދުގައެވެ. މި ގުރުއަތު ނެގުން އޮންނާނެ ތާރީޚެއް މި މިނިސްޓްރީން އާންމުކޮށް އިޢުލާނެކުރާނެ ވާހަކަ ދަންނަވަމެވެ.
މިގޮތުން، މި ފުރުސަތުގައި ގުޅީފަޅަށް ބަދަލުވުމަށް އެދި ހުށަހެޅުއްވި ފަރާތްތަކުގެ ލިސްޓު އާންމުކޮށް އިއުލާން ކުރަމެވެ. މި ލިސްޓާއިގުޅޭގޮތުން ޝަކުވާއެއްވާނަމަ އެކަން ލިޔުމަކުން 01 މެއި 2024 ވާ ބުދަ ދުވަހުގެ 23:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުމަށް: [email protected]
ހިޔާވަހި ޕޯޓަލް މެދުވެރިކޮށްވެސް ޝަކުވާ ހުށަހެޅުއްވުމަށް: https://hiyaavehi.housing.gov.mv/