ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ބޭނުންވާ ލެޑް ޕެނަލް ސަޕްލައިކޮށް އިންސްޓޯލްކޮށްދިނުން

އިޢުލާން

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ބޭނުންވާ ލެޑް ޕެނަލް ސަޕްލައިކޮށް އިންސްޓޯލްކޮށްދިނުން

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ބޭނުންވާ ލެޑް ޕެނަލް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 02 މެއި 2024ވާ ބުރާސްފަތި ދުވަހުގެ 11:00 މި ޔުނިވަރސިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ، [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

ޕްރީބިޑް ބައްދަލުވުން އަދި ބީލަން ހުޅުވުން.

މި އިޢުލާން އާއި ގުޅިގެން ބާއްވާ ޕްރީ-ބިޑް ބައްދަލުވުން އަދި ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެވެ.

ބިޑް ސެކިއުރިޓީ އަދި ޕާފޯމަންސް ގެރެންޓީ

ބީލަން ހުށަހަޅާއިރު، ބީލަމާއިއެކު ބިޑް ސެކިއުރިޓީގެ ގޮތުގައި 8,931.16 (އަށްހާސް ނުވަސަތޭކަ ތިރީސްއެއްރުފިޔާ ސޯޅަ ލާރި) ރުފިޔާގެ ބިޑް ސެކިއުރިޓީއެއް 30 ދުވަހުގެ ވެލިޑިޓީއާއި އެކު ހުށަހަޅަންވާނެއެވެ. އަދި މި އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މި ބީލަން ކާމިޔާބު ކުރާ ފަރާތުން ހުށަހަޅާފައިވާ އަގު ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ ޖަދުވަލު 1 ގެ 6 ވަނަ ނަންބަރުގައިވާ ތާވަލްގެ 1 ވަނަ ނަންބަރުގައިވާ މިންވަރަށްވުރެ ބޮޑު ކަމުގައިވާނަމަ ޕަރފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ.

މި އިޢުލާންއާއި ގުޅޭ މުހިންމު ސުންގަޑިތައް

ބީލަމާއި ގުޅިގެން ބާއްވާ ޕްރީ-ބިޑް ބައްދަލުވުން

02 މެއި 2024 ގެ 11:00ގައި

ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ސުންގަޑި

09 މެއި 2024 ގެ 12:00ގައި

އަންދާސީ ހިސާބު ހުށަހެޅުން

09 މެއި 2024 ގެ 13:00އަށް

 

16 ޝައްވާލް 1445

25 އޭޕްރިލް 2024
ހޯދާ