ދިވެހިރާއްޖެ
އިންޓަރނެޓް ސަރވިސް ޕްރޮވައިޑަރ ލައިސަންސް އެއް ދޫކުރުން
ދިވެހިރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތްތައް ދިނުމަށްޓަކައި އިތުރު ފަރާތަކަށް އިންޓަރނެޓް ސަރވިސް ޕްރޮވައިޑަރ (އައި.އެސް.ޕީ) ލައިސަންސް އެއް ދޫކުރުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް އެދޭ ފަރާތްތައް ހޯދުމަށް ޢާންމުކޮށް ހުޅުވާލައި އިޢުލާން ކުރަމެވެ. އައި.އެސް.ޕީ ލައިސަންސް އަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމާބެހޭ މަޢުލޫމާތު އެކުލެވޭ "ރިކްއެސްޓް ފޮރ ޕްރޮޕޯޒަލް" ކަރުދާހެއް މި އޮތޯރިޓީގެ ވެބްސައިޓް http://www.cam.gov.mv އިން ލިބެން ހުންނާނެއެވެ. ވީމާ، އައި.އެސް.ޕީ ލައިސަންސް އަށް ޝައުޤުވެރިވާ ފަރާތްތަކުން، މިކަމަށް އެދި ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ސުންގަޑިއަކީ 30 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 13:00 އެވެ. ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް، ބަންދުކުރެވިފައިވާ ސިޓީއުރައިގައި "ޕްރޮޕޯޒަލް އޮން ދަ ލައިސަންސް ފޮރ އިންޓަރނެޓް ސަރވިސް ޕްރޮވައިޑަރ" ޖައްސަވައި، ތިރީގައިވާ ގޮތަށް އެޑްރެސް ކުރައްވާފައި ހުށަހެޅުއްވުން އެދެމެވެ.
ޗީފް އެގްޒެކެޓިވް،
ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް،
ޓެލެކޮމް ބިލްޑިންގ، ހުސްނުހީނާމަގު
މާލެ، ދިވެހިރާއްޖެ
ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ލިބޭ ޕްރޮޕޯޒަލްތައް ބަލައެއް ނުގަނެވޭނެއެވެ. ޕްރޮޕޯޒަލް ހުށަހެޅުއްވުމާބެހޭ ތަފުސީލު މަޢުލޫމާތު މިކަމާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައި ވާނެއެވެ.
11 ރަޖަބު 1436