ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ފެންވަރު ބެލުމުގެގޮތުން ދެވޭ އިމްތިޙާނާ ބެހޭ

މޯލްޑިވްސް ބޯޑު އޮފް ހެލްތް ސައިންސަސްގައި ރަޖިސްޓަރީ ކުރުމުގެ ކުރިން ފެންވަރު ބެލުމުގެގޮތުން ދެވޭ އިމްތިޙާނާބެހޭ.

މިފެކަލްޓީގެ ނަންބަރު: 2014/06/MED/153-FHS ގެ އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.

އެ އިޢުލާންގައިވާ ރާއްޖޭގައި މަސައްކަތްކުރައްވާ ފާމަސިސްޓުންނަށާއި، މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނަށާއި، ކޮމިއުނިޓީ ހެލްތު/ ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ޚާއްޞަކޮށްގެން ފެންވަރު ބެލުމުގެގޮތުން ދެވޭ ކޮމްޕީޓަންސީ އިމްތިޙާން ފެކަލްޓީގައި ބޭއްވޭނީ ތިރިގައި މިދަންނަވާ ތާވަލުގައިވާ ދުވަސްތަކުގައި ހެނދުނު 10:00 ގައެވެ.

#

މަސް

ދުވަސްތައް

1

ޖޫން

29

2

ޖުލައި

13، 28

3

އޮގަސްޓު

10، 24

4

ސެޕްޓެންބަރު

7، 21

5

އޮކްޓޫބަރު

5، 19

6

ނޮވެންބަރު

2، 16، 30

7

ޑިސެންބަރު

14

8

ޖަނަވަރީ (2016)

11، 25

އިމްތިޙާނުގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ކަންތައްތަކަށް ސަމާލުކަން ދެއްވަންޖެހޭނެއެވެ.

- އިމްތިޙާން އޮންނަ ދުވަހުގެ 2 ދުވަސް ކުރިން (ބަންދު ދުވަސް ނުހިމަނައި) ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީކުރުން.

- އިމްތިޙާނު އޮންނަ ދުވަހު އިމްތިޙާން ފެށުމުގެ 30 މިނިޓުގެ ކުރިން އިމްތިޙާނަށް ހާޒިރުވުން.

- އިމްތިޙާނަށް ހާޒިރުވާއިރު ޕާސްޕޯޓް (ބިދޭސީ ފަރާތެއްނަމަ)، ނެޝަނަލް އައި.ޑީ ކާޑު (ދިވެއްސެއްނަމަ)، އިމްތިޙާނަށް ދައްކަންޖެހޭ ފީ ދެއްކިކަމުގެ ރަސީދު އަދި މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްއިން ދެއްވާފައިވާ ޕްރީ ރަޖިސްޓްރޭޝަން އެޕްރޫވަލް ސްލިޕް ނުވަތަ އެބޯޑުން ދެއްވާ އިންޓަރވިއުއިން ފާސްވިކަމުގެ ލިޔުން ގެނައުން.

އިތުރު މަޢުލޫމާތު މިފެކަލްޓީގެ ފޯނު ނަންބަރު 3346500 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

09 ރަޖަބު 1436

28 އޭޕްރިލް 2015
ހޯދާ