ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ހިއުމަން ރިސޯސް އޮފިސަރ

           ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:

 ހިއުމަން ރިސޯސް އޮފިސަރ

ރޭންކް:

 GS4/B

ކްލެސިފިކޭޝަން

 އޮފިސަރ

ސެކްޝަން/ޑިޕާޓްމަންޓް

 ހިއުމަން ރިސޯސް ސެކްޝަން – އެޑްމިނިސްޓްރޭޓިވް އެފެއާޒް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

 1

ތަޢުލީމާއި ތަޖުރިބާ:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިހާނުން 2 މާއްދާއިގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ

 

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން،

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • އެޗް.އާރު ސިސްޓަމް އަޕްޑޭޓްކޮށް ބެލެހެއްޓުން،
  • މުވައްޒަފުންގެ ޑާޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން،
  • މުސާރަ ދިނުމާ ގުޅޭގޮތުންކުރަންޖެހޭ އިދާރީ އެކިއެކި މަސައްކަތްތައްކުރުން،
    • މުސާރައާއި ގުޅޭގޮތުން ސެޕް ސިސްޓަމުން ކުރަންޖެހޭ މަސައްކަތްތައް ކުރުން،
    • ވަޒީފާއަށް ހަމަޖައްސާ މުވައްޒަފުންނާއި، ވަކިވާ މުވައްޒަފުންނާއި، ވަޒީފާ ބަދަލުވާ މުވައްޒަފުންގެ މަޢުލޫމާތު ފިނޭންސް މިނިސްޓްރީގެ ސެޕް ސިސްޓަމަށާއި އެޗް. އާރ. ސިސްޓަމަށް އެޅުން،
    • އެޗް. އާރް. ސިސްޓަމް މެދުވެރިކޮށް މުވައްޒަފުންގެ ހާޒިރީ، އަހަރީ ޗުއްޓީ، ރަސްމީ ދަތުރުތައް، ސަލާމް ޗުއްޓީ އާއި ސިވިލް ސަރވިސް ޤަވާއިދު ތެރެއިން މުވައްޒަފުންނަށް ދެވޭ އެހެނިހެން ޗުއްޓީތައް ދުވަހުން ދުވަހަށް އޮންނަ ޢުސޫލުން އަޕްޑޭޓްކޮށް ބެލެހެއްޓުން،
    • މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް ތައްޔާރުކޮށް ބެލެހެއްޓުން،
    • މުވައްޒަފުންގެ ޕާފޯރމަންސް އެޕްރެއިޒަލްއާގުޅޭ އެކިއެކި މަސައްކަތްތައްކުރުން،
    • މުވައްޒަފުންގެ ޕާފޯމަންސް ބެލުމަށްޓަކައި މެނޭޖްމެންޓުން ބޭނުންވާ އެކި ރިޕޯޓްތައް ތައްޔާރުކުރުން،
      • ވަޒީފާތަކަށް މީހުން ވެއްދުމާއި ވަކިކުރުމާއި ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން،
      • މުވައްޒަފުންގެ ތަމްރީންކުރުމާގުޅޭ އެކިއެކި އިދާރީ މަސައްކަތްތައްކުރުން،
      • ހިއުމަން ރިސޯސް ޕެނަލްގެ އިދާރީ އެކިއެކި މަސައްކަތްތައްކުރުން އަދި
      • ހިޔުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަންގެ އަހަރީ ބަޖެޓް ތައްޔާރުކުރުމަށް އެހީތެރިވެދިނުމާއި އެހެނިހެން އިދާރީ އެކިއެކި މަސައްކަތްތައްކުރުން،

އުޖޫރަ:

- މަހަކު 8,250 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200 ރުފިޔާ

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3500 ރުފިޔާ

- ޚާއްޞަ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20

- ހަމަޖެހިފައިވާ އުސޫލުން ޕްރޮފެޝަނަލް އެލަވަންސް

- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ސުންގަޑި:

25 އޭޕްރީލް 2024 އިން 7 މޭ 2024 ގެ ނިޔަލަށް

ވަޒީފާއަށް އެޕްލިކޭޝަން ފޯމް ހުށަހެޅުން އަދި ހުށަހަޅަންޖެހޭ ލިޔުންތައް:    

 

ވަޒީފާއަށް އެދި ހުށަހަޅަންވާނީ ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި އޮންލައިން ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް ޕީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައި އެޓޭޗްކުރަންވާނެއެވެ.

https://majlis.gov.mv/apply

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޖީ.ސީ.އީ އޯލެވެލް އަދި ޖީ.ސީ.އީ އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ނިންމިކަމުގެ ލިޔުން (އެކްރެޑިޓްކޮށްފައި)
  • ތަޖުރިބާ ދަލީލުކޮށްދޭ ވަޒީފާ އަދާކުރާފަރާތުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  • ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓް ތަކުގެ ކޮޕީ

    

ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

25 އޭޕްރިލް 2024
ހޯދާ