ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ހަދިޔާކުރައްވާފައިވާ ކަދުރުގެ ތެރެއިން ކުޅުދުއްފުށީ ސިޓީ އަށް ލިބިފައިވަނީ 01 ކިލޯގެ 2076 ޕެކެޓް ކަދުރެވެ. ކަދުރު ދޫކުރުމަށް ހަމަޖެހިފައިވަނީ ލިބިފައިވާ ކަދުރު ހުސްވަންދެން ބަލައި އަންނަ ތަރުތީބުން ކޮންމެ ގޭ ބިސީއަކަށް (ރަޖިސްޓްރީކޮށްފައި ނުވާ ގޭބިސީތަކާއި، ކުއްޔަށް ވަކިން ދިރިއުޅޭ ގޭބިސީތަކާއި، ކުޅުދުއްދުށީގައި ކުއްޔަށް ދިރިއުޅޭ ރަށުން ބޭރު މީހުންވެސް ހިމެނޭހެން) 01 ޕެކެޓް ކަދުރެއެވެ. ކަދުރު ދޫކުރުން ކުރިއަށްދާނީ އެން.އޯ.ސީ ގުރައުންޑް ފުލޮރ ހޯލުގައި ތިރީގައި ދެންނެވިފައިވާ ދުވަސްތަކުގައެވެ.
27 އެޕްރީލް 2024 ން 03 މެއި 2024 – ހެނދުނު 09:00 ން މެންދުރު ފަހު 14:00 އަށް
02 މެއި 2024 – ހެނދުނު 09:00 ން މެންދުރު ފަހު 14:00 އަށް
01 މެއި 2024 އަދި 03 މެއި 2024 – މި 2 ދުވަހު ކަދުރު ދޫކުރުން ކުރިއަށް ނުގެންދާނެއެވެ.
ނޯޓް: ކޮންމެ ކިޔު ނަންބަރަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 3 ގޭބިސީއަށްވާ ކަދުރެވެ.
ވީމާ، ކަދުރު ޕެކެޓާއި ޙަވާލުވުމަށް ވަޑައިގަންނަވާއިރު ޙަވާލުވާ ފަރާތުގެ އައިޑީ ކާޑު ހިއްޕަވައިގެން ވަޑައިގަތުން އެދެމެވެ.