މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ބޭނުންކޮށްފައިވާ 01 ލާންޗް ނީލަމުގައި ވިއްކުމާބެހޭ

     މިއޮފީހުގެ ނަންބަރ (IUL)14-A4/1/2024/41 (23.04.2024) އިއުލާނުގެ މައުލޫމާތު ޝީޓު ފުރިހަމަނުވާތީ، އެއިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.

     މިއޮފީހުގައި ބޭނުންކޮށްފައިވާ 01 ލާންޗް ނީލަން ކިޔުން 05 މެއި 2024 ވާ އާދީއްތަ  ދުވަހުގެ ހެނދުނު 11:00 ގައި ކ.ތިލަފުށި ކަސްޓަމްސްގައި އޮންނާނެއެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަންފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

     ނީލަމުގައި ވިއްކާލާ ތަކެތީގެ ހާލަތު،  ބެއްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހު ނީލަން ކުރިއަށްދާ ސަރަޙައްދަށް ވަޑައިގަތުމުން އެ އިންތިޒާމް ހަމަޖެހޭނެ ކަމުގައި ދަންނަވަމެވެ.

     ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 24 (ސައުވީސް) ގަޑިއިރުތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv  އަށް ދެއްކެވުމަށްފަހު، ތަކެތި 03 (ތިން) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.

     ވީމާ،  ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތައް 05 މެއި 2024 ވާ އާދީއްތަ  ދުވަހުގެ ހެނދުނު 11:00އަށް ކ.ތިލަފުށި ކަސްޓަމްސްއަށް ހާޟިރުވެވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ. އަދި ނީލަމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށާއި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއި ދެފަރާތުގެ އައި.ޑީ ކާޑުގެކޮޕީ ގެންނެވުން އެދެމެވެ.

     މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 އޭޕްރިލް 2024
ހޯދާ