ދިވެހިރާއްޖެ
މިމިނިސްޓްރީއަށް ފަރުނީޗަރ ހޯދުމާބެހޭ
މިމިނިސްޓްރީން ބޭނުންވާ ގޮނޑިއާއި މޭޒު ހޯދައިދޭނެ ފަރާތެއް ބޭނުންވެގެން 9 އެޕްރީލް 2015 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަންބަރު IUL)138-AS6/1/2015/104) އާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 މޭ 2015 ވަނަ ދުވަހުގެ ހެނދުނު 9:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 މޭ 2015 ވަނަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
08 ރަޖަބު 1436